28 ޖުލައި 2022
މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަން ކަށަވަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަން ކަށަވަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ބަންގްލަދޭޝްގެ އަލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު، ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއަދުގެ މިހާތަނަށް ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު އެވެ.
އެ މީހުންގެ ހައްޔަރާއެކު، އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަން އޭނާ އަބަދުވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމުގެ ހުރިހާ ކަމެއް އޮންނަނީ ފުލުހުންގެ އަތްމަތީގައި ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އެހެންވެ، އެ ނިޒާމުގައި މަސައްކަތްކުރާ އެންމެން މާތްﷲ އަށް ބިރުވެތިވެ، ޒިންމާ އަދާކުރަން ޖެހޭ ކަމަށް އިމްރާންގެ ޓްވީޓްގައިވެ އެވެ.
Mududhaaru amalu hingaa meehunnaa medhu qaanoongaivaa fiyavalhu elhumah fuluhun fasnujeheykan abadhuves alhugandu kashawarukuran. Namaves jinaai adhuluhingumakee ekani fuluhunge ayimathee oyikamehnoon. Nizaamugai himeney emmen Allah ah biruvethive furihama zimmaa adhaakuranjehey.
— Imran Abdulla (@ShimranAb) July 28, 2022
އިމްރާންގެ ޓްވީޓް
އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ މީހުން ދޫވެފައި ތިބުމުން އިމްރާނާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް
އެއްޖިންސުން ގުޅުން ހިންގި ފުލުސްމީހާ ޖަލަށް
އެއް ޖިންސުން ގުޅުން ހިންގިކަމަށް އެއްބަސްވެއްޖެ
ޑްރަގް އުފުލާ މީހާގެ ސޮއި ވެސް ޗެއިންގައި އޮންނަންޖެހޭ
ނާޒިމްގެ ދިފާއުގައި ނުކުތުމުން ނަޝީދު ހޫނުފެނަށް
ނަޝީދު ވިދާޅުވަނީ އުޅެނީ ހަރުކަށި މީހުން ރުއްސަންކަމަށް
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ނުރައްކާތެރި ކުށްކުރާ ޖީލެއް: ބަލަން ތިބެންވީތަ؟!
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!