Roadha Mihaaru
ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް

ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް

22 ޖުލައި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު އެވެ.

އެ އިދާރާ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަނިކުފާނު އެ ދަތުރުފުޅު ކުރައްވަނީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖާ މަންސިއެންގެ ދައުވަތަކަށް ކަމަށެވެ.

ނަޝީދުގެ ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރާތް ކުރައްވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ބާއްވާ ބައްދަލުކުރެއްވުމެއް ވެސް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އެ މަޝްވަރާތަކުގައި ބައްލަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތުގެ ސިޓީފުޅާ ހަވާލާދީ، މަޖިލިހުގެ އިދާރާ އިން ބުނީ، ރާއްޖެ އާއި ސީޝެލްސްއަކީ ދާދި އެއްގޮތަކަށް އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ދެ ގައުމު ކަމަށާއި ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކައް ވެސް ގާތްގަނޑަކަށް އެއްގޮތް ކަމަށެވެ. އެހެންވެ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.

ރާއްޖެ އާއި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިއްމުކަން ވެސް އެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެ އެވެ.