06 ޖުލައި 2022
އެމެރިކާގެ އިގްތިސާދަށް ރިސެޝަނެއް ކުރިމަތިވެ ތެލުގެ ޑިމާންޑް ދަށަށް ހިނގައިދާނެ ކަމުގެ ބިރާ އެކު، ސާފު ނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިއްޔެ ވެއްޓުމަށް ފަހު މިއަދު އަނެއްކާވެސް މައްޗަށް ޖެހިލައިފި އެވެ.
އެމެރިކާގެ އިގްތިސާދަށް ރިސެޝަނެއް ކުރިމަތިވެ ތެލުގެ ޑިމާންޑް ދަށަށް ހިނގައިދާނެ ކަމުގެ ބިރާ އެކު، ސާފު ނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިއްޔެ ވެއްޓުމަށް ފަހު މިއަދު އަނެއްކާވެސް މައްޗަށް ޖެހިލައިފި އެވެ.
އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން ދަށަށް ވެއްޓިފައި ވާއިރު މި އަގުގައި އެންމެ ފަހުން ތެޔޮ ލިބުނީ މީގެ މިދިޔަ ދެ މަސް ދުވަހު ކުރިންނެވެ.
ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު އަންގާރަ ދުވަހު ވަނީ 10 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 97.43 ޑޮލަރަށް ވެއްޓިފަ އެވެ. އެކަމަކު ދުވަހުގެ ވިޔަފާރި ނިމުނު އިރު ހުރީ 99.50 ޑޮލަރުގަ އެވެ. މިއީ 8 ޕަސެންޓުގެ ދަށް އަގެކެވެ.
ބްރެންޓް ކްރޫޑްގެ އަގު ވެސް 10 ޕަސެންޓަށް ވުރެ ދަށަށް ދިޔަ އެވެ. އަންގާރަ ދުވަހު މީގެ ތެޔޮ އެންމެ ބޮޑަށް ހެޔޮވީ 101.10 ޑޮލަރަށެވެ. ދުވަސް ނިމުނު އިރު ހުރީ 102.77 ޑޮލަރުގަ އެވެ.
މިއީ ޑަބްލިޔު.ޓީ.އައިގެ އަގު މެއި 11 ގެ ފަހުން 100 ޑޮލަރުން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަމަ އެގޮތަށް، މިއީ އާންމުކޮށް 102 ޑޮލަރުން މަތީގައި ހުންނަ ބްރެންޓް ކްރޫޑްގެ އަގު ވެސް އޭޕްރީލް 25 ގެ ފަހުން އެޔަށްވުރެ ދަށްވި ފުރަތަމަ ފަހަރެވެ.
އެކަމަކު މިއަދު ވިޔަފާރި ފެށުމާ އެކު އަނެއްކާވެސް 100 އިން މައްޗަށް އަގު އުފުލުނަސް ހުރީ ކުރިން ހުރި ވަރަށް ވުރެ ދަށްކޮށެވެ.
ތެލުގެ އަގު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ އެމެރިކާގެ އިގްތިސާދީ މައްސަލަތަކެވެ. އެމެރިކާގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރާ އެކު އެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. މީގެ އިތުރުން އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު މިދިޔަ މަހު ވަނީ ދުވާލަކު 100،000 ފީފާ މަދުވެފަ އެވެ. އޯޕެކުން ކުރިން ބުނެފައިވަނީ ދުވާލަކު 28.52 މިލިއަން ފީފާ އުފައްދާނެ ކަމަށެވެ. އެހެންވެ ސަޕްލައިއާ މެދު އޮތް ކަންބޮޑުވުމަކީ ވެސް އަގު ވެއްޓެން ދިމާވި އެއް ސަބަބެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް
ތެލުގެ އަގު ބޮޑުތަނުން ދަށަށް
ތެލުގެ އަގު ބޮޑުވެ ރެކޯޑަކާ ދިމާއަށް!
ތެލުގެ އަގު އުފުލި އިގްތިސާދު މަޑުޖެހިދާނެ ކަމުގެ ބިރު
ސަރުކާރާއި ރައްޔިތުންނަށް ވެސް އިގްތިސާދުކުރުން މަޖުބޫރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި