ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް މިރޭ ހުޅުވައިފި އެވެ.
03 ޖުލައި 2022
ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް މިރޭ ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ހުޅުވީ ހިޔާގެ އެޗް4 ޓަވަރުގެ ގްރައުންޑް ފްލޯގައި ކަމަށެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.
ހުޅުމާލެ ހިޔާ ސަރަހައްދުގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމީއްޔާތު މިރޭ ވަނީ ބޭއްވިފައި.
— HDC (@hdcmaldives) July 3, 2022
މި ޕޮލިސް ސްޓޭޝަން ހުޅުވިފައިވަނީ ހިޔާގެ H4 ވަނަ ޓަވަރުގައި. @PoliceMv #މަގޭހިޔާ pic.twitter.com/hmIwifNv84
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް އާންމުންނަށް ވީހާ ވެސް ގާތުން އަދި ފަސޭހަކަމާ އެކު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ފެށުމެއް ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، މީގެ ކުރިން ފުލުހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތް ދެމުން އައީ ޕޮލިސް ޕޯސްޓުތަކެއް ހަދައިގެންނެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ސެންޓްރަލް ޕާކް ކައިރީގައި ވެސް ޕޮލިސް ސްޓޭޝަނެއް ހުރެ އެވެ.
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ތިން މަހުގެ މުސާރައަށް ފްލެޓަށް ގަތް ސާމާނު ނަގައިފި
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!