02 ޖުލައި 2022
ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
މީގެ ކުރިން 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މިދިޔަ މާޗް މަހު ސިވިލް ކޯޓުން އެންގީ އެރަށް ފިޝަރީޒް މިނިސްޓްރީން ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ.
އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ހުކުމުގައިވަނީ ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަކީ މައްސަލަ ނިމޭ ގޮތަކުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރަން އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.
އެގޮތުން، ބީލަމުގެ އުސޫލުން އެހެން ބަޔަކަށް އެތަން ދީފައި ވަނިކޮށް މައްސަލަ ނިމޭގޮތަކުން ގެއްލުން ބޮޑުވެދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރު ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ވަގުތީ އަމުރެއް ނެރެވޭނީ އަސްލު މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ވަގުތީ އަމުރަށް އެދޭ ފަރާތަށް އޮތްނަމަ ކަމަށްވާއިރު، އެ އަމުރަށް އެދުނު ނ. އަތޮޅު ކައުންސިލަށް އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުސަތެއް އޮތްކަން ދެއްކިފައިނުވާ ކަމަށެވެ.
އެހެންވެ، ވަގުތީ އަމުރެއް ނެރެގެން ހިމާޔަތް ކުރަންޖެހޭ ހައްގެއް ނެތް ކަމަށް އޭނާގެ ރައުޔުގައި އެވެ.
ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ހައި ކޯޓަށް
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް
އީސީން ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް
އިންތިހާބުގެ މައްސަލާގައި އިތުރު ހުކުމެއް ހޯދަން ކޯޓަށް
އިންތިހާބުގެ އިސްތިއުނާފްގައި "ބުރެކި" ޖެހިފައި!
އިންތިހާބު ލަސްކުރާކަށް ލަފައެއް ނުދެން: ޖޭޕީ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ