01 ޖުލައި 2022
ސެންޓުގައި ދުނިޔެއަށް މަޝްހޫރު ބްރޭޑް، "ބުލްގޭރީ"ގެ ރިސޯޓެއް ރާއްޖޭގައި ހަދަން ނިންމައިފި އެވެ.
ސެންޓުގައި ދުނިޔެއަށް މަޝްހޫރު ބްރޭޑް، "ބުލްގޭރީ"ގެ ރިސޯޓެއް ރާއްޖޭގައި ހަދަން ނިންމައިފި އެވެ.
ލަގްޒަރީ މި ބްރޭންޑްގެ ދަށުން މިއީ ރާއްޖޭގައި ހުޅުވާނެ ފުރަތަމަ ރިސޯޓެވެ. "ބުލްގޭރީ ރިސޯޓު ރަންފުށި" ގެ ނަމުގައި ރ. އަތޮޅުގައި މި ރިސޯޓު ހަދަނީ ބަގީޗާތަކާ އެކު އެންމެ މަތީ ފެންވަރުގެ ރޫމްތައް ހިމެނޭ ގޮތަށެވެ.
ގާތްގަނޑަކަށް 20 ހެކްޓަރުގެ އެ ރިސޯޓުގައި 33 ބީޗް ވިލާ އާއި 20 ވޯޓާ ވިލާ ހުންނާނެ އެވެ. އެ ރިސޯޓުގެ ބީޗް ވިލާތަކުގައި ޕޫލެއް ހިމެނޭ އިރު މޫދަށް އެރުމަށް ޕްރައިވެޓް އޭރިއާއެއް ހުންނާނެ އެވެ. އެ ރިސޯޓުތަކުގެ ވިލާތަކުން އިޓަލިއަން އާކިޓެކްޓް އެންޓޯނިއޯ ސިޓެރިއޯ ޕެޓްރީޝިއާ ވެއިލްގެ ޑިޒައިންތައް ފެންނާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
މި ރިސޯޓު ހުޅުވަން ތާވަލްކޮށްފައިވަނީ 2025 ވަނަ އަހަރު އެވެ. މިއީ އެ ބްރޭންޑްގެ ދަށުން ހުޅުވާ 13 ވަނަ ޕްރޮޕަޓީއަށް ވާނެ އެވެ.
ރާއްޖޭގައި މިހާރު 170 ރިސޯޓު ހިންގަމުން އަންނަ އިރު 150 ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ފްރާންސްގެ ބަކަރާ ބްރޭންޑްގެ ރިސޯޓެއް ރާއްޖެއަށް
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!