ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ދެ ހާލަތެއް އޮންނާތީ އެ ބިލް މިއަދު ފާސްކުރުން މަޑުޖައްސާލަން އެދި އަޑުއުފުލާފައި ވަނިކޮށް، މިވަގުތަށް ހޯދައި ދެވޭނެ ހައްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
30 ޖޫން 2022
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ދެ ހާލަތެއް އޮންނާތީ އެ ބިލް މިއަދު ފާސްކުރުން މަޑުޖައްސާލަން އެދި އަޑުއުފުލާފައި ވަނިކޮށް، މިވަގުތަށް ހޯދައި ދެވޭނެ ހައްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް އިދާރާ ކައިރީގައި ހިމޭން މުޒާހަރާއެއް ކުރަމުން ދިޔަ ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އެ ކަންބޮޑުވުންތައް ހުށަހަޅަން އެކަށީގެންވާ މުއްދަތު ލިބުނު ކަމަށެވެ. މިވަގުތަށް އޮތް ގޮތަކީ މަޖިލީހުން ބިލް ފާސްކުރުން ކަމަށާއި އޭގެ ފަހުން އިސްލާހެއްގެ ގޮތުގައި އެ ކަންބޮޑުވުން ހުށަހެޅިދާނެ ކަމަށް ވިދާޅުވި އެވެ.
Masdharakee GA in kashavaru kohdhey haggeh!@MohamedNasheed @mvpeoplesmajlis #PressFreedom #HekkaaBeheyBill pic.twitter.com/5Hiu3CsLyF
— Moosa (@MoosaRasheed_) June 30, 2022
ހެއްކާ ބެހޭ ބިލުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ނަޝީދު ދެއްވި ޖަވާބު.
ނޫސްވެރިން މިއަދު މުޒާހަރާކުރީ، ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރަން ކޯޓުތަކަށް މަޖުބޫރުކުރެވިދާނެ ދެ ހާލަތަކާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ގޮތަށް އޮތުމުންނެވެ. މި ކަންބޮޑުވުން ޖުޑިޝަރީ ކޮމިޓީއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. ނޫސްވެރިން ތަމްސީލްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެމްއެމްސީން ވަނީ ކޮމިޓީ މަރުހަލާގައި، ބިލުގައި ހުރި ކަންކަން އިސްލާހުކޮށްދޭން ވެސް އެދިފަ އެވެ.
މަޖިލިސް ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ނިޝާން އަލީ
މަޖިލިސް މިއަދު ރިސެސްއަށް ދިއުމުގެ ކުރިން ބިލް ފާސްކުރުމުގެ ބަދަލުގައި، މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާއަށް ހައްލެއް ހޯދުމަށް ފަހު ފާސްކުރަން ލަސްކޮށްދޭން އެމްޖޭއޭ އިން އޮތީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް، މިއަދު ހުށަހެޅި ކަންބޮޑުވުންތަކަށް މިހާރު ވަގުތެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮތް ގޮތަކީ ބިލު ފާސްކުރުމުން އަނެއްކާވެސް އިސްލާހެއް ގެނައުމެވެ.
"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި [ބިލު ފާސްކޮށްފައި] އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުގެ ކަންބޮޑުވުމަށް މި ވަގުތަށް ހައްލެއް ނެތް ކަމަށް. -- ފޮޓޯ | ނިޝާން އަލީ
ނަޝީދު ވިދާޅުވީ މަޖިލީހަށް ކަންބޮޑުވުމެއް ފާޅުކުރާނެ ގޮތް ނޫސްވެރިންނަށް އެނގޭނެ ކަމަށާއި ނޫން ނަމަ އެއީ ދެ މީހަކު ދައްކާލާ ވާހަކައެއް ފަދަ ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި ހުރި އިޖުރާއަތްތަކުގެ ތެރެއިން ދާން ނޫސްވެރިންނަށް އެނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެކީގައި މި އަންނަ ދައުރުގައި މި މަސައްކަތް ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.
ހެއްކާ ބެހޭ ބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް މިއަދު އެ ބިލު ފާސްކުރަން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ވަކި ހާލަތުތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ.
އެ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.
މިގޮތަށް އޮއްވައި ބިލް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ ކަމަށް މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
މީޑިއާ ބިލު ތަސްދީގުނުކުރަން ނަޝީދު އެދިވަޑައިގެންފި
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
ނަޝީދަށް އަލިމަސް ގަލަން ނުދިނުމުން ފާޑުކިޔުން
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ޖޫރިމަނާ މާއްދާ އުނިކޮށް ބަދަލުތަކާއެކު ބިލް ފާސްކޮށްފި
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް ހަވީރު، އެޖެންޑާއެއް ނޭނގޭ
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި