01 ޖުލައި 2022
ޕިންޓްރެސްޓް އާ ސީއީއޯގެ އެންމެ ބޮޑު މަގުސަދަކީ އެ އެޕް "ޝޮޕިން މޯލްއަކަށް" ބަދަލުކޮށްލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންޓްރެސްޓް އާ ސީއީއޯގެ އެންމެ ބޮޑު މަގުސަދަކީ އެ އެޕް "ޝޮޕިން މޯލްއަކަށް" ބަދަލުކޮށްލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ކުންފުނީގެ ކުރީގެ ސީއީއޯ ބެން ސިލްބާމަން ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދީފަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ހަމަޖެއްސީ ގޫގުލްގެ ކޮމާސް، ޕޭމަންޓް އެންޑް ނެކްސްޓް ބިލިއަން ޔޫސާގެ އިސްވެރިޔަކަށް މީގެ އަހަރުތަކެއް ކުރިން ހުންނެވި ބިލް ރެޑީ އެވެ.
ސީއީއޯ ކަމުން އިސްތިއުފާ ދިން ސިލްބާމަން މިހާރު ވަނީ ޕިންޓްރެސްޓްގެ އެގްޒެކެޓީވް ޗެއާމަން ކަމަށް ހަމަޖައްސައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އާ ސީއީއޯ، ރެޑީއާ އެކު ޕިންޓްރެސްޓްގެ އެންމެ ބޮޑު މަގުސަދަކަށް ވާނީ އެއީ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާއި، އެއީ ފައިސާ ވަންނަ އެއްޗަކަށް ހެދުމެވެ. އެ އެޕް މެދުވެރިކޮށް، މަޝްހޫރު އެކި ބްރޭންޑްތަކަށް ވިޔަފާރީކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބުންޏެވެ.
ރެޑީ ވަނީ ކުރިން ވެސް ވިޔަފާރިއާ ގުޅޭ މަގާމުތަކެއް އަދާކޮށްފަ އެވެ. ފައިސާގެ މުއާމަލަތްކުރާ "ވެމޯ" އާއި "ޕޭޕަލް" ގެ ޓޮޕް އެގްޒެކެޓީވްގެ މަގާމު އޭނާ އަދާކުރެއްވި އެވެ." ގޫގުލް ޝޮޕިން" ގެ ހިދުމަތް ދިނުމުގައި ވެސް އޭނާ އިސްކޮށް އުޅުއްވި އެވެ.
ފޮޓޯ ޝެއާކުރާ ސޯޝަލް މީޑިއާ އެޕެއް ކަމަށްވާ "ޕިންޓްރެސްޓް" މަޝްހޫރުވެފައި ވަނީ އެކި ކަހަލަ ކަންކަމުގައި އައިޑީއާސް ހޯދުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ.
ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
އިންޑިއާގައި ވަޓްސްއެޕް ޕޭ އަށް ހުއްދަ ދީފި
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"
ފަރުނީޗަރު ޕޭޖަކުން މަކަރުހަދާތީ ސަމާލުވާން އެދިއްޖެ
ކޯޓުން ނާކާމިޔާބުވެ އެމެރިކާގައި ޓިކްޓޮކް މަނާވެދާނެ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކޮށްފައި ނުބޭއްވުނު