29 ޖޫން 2022
ފޭސްބުކް ގްރޫޕްތަކުގެ އިންޓަފޭސް އަށް ބޮޑު ބަދަލެއް ގެނެސް، ޓެސްޓްކުރަން ފަށައިފި އެވެ.
ފޭސްބުކް ގްރޫޕްތަކުގެ އިންޓަފޭސް އަށް ބޮޑު ބަދަލެއް ގެނެސް، ޓެސްޓްކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، އެ އިންޓަފޭސް ބޮޑަށް ވައްތަރީ މެސެޖުކުރުމަށް، ހާއްސަކޮށް އޮންލައިން ގޭމް ކުޅޭ މީހުންގެ މެދުގައި މަޝްހޫރު އެޕްލިކޭޝަނެއް ކަމަށްވާ "ޑިސްކޯޑް"ގެ އިންޓަފޭސްއާ އެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން މިހާރު ޓެސްޓްކުރަމުން އަންނަ ފޭސްބުކް ގްރޫޕްތަކުގެ އާ އިންޓަފޭސްގައި ސައިޑްބާ އިންނަނީ ވާތް ފަރާތުގަ އެވެ. އަދި ގްރޫޕްތަކުގައި އެކި ބޭނުންތަކަށް ޗެނަލްތަކުގެ ލިސްޓު ވެސް ހެދެ އެވެ.
ފޭސްބުކް ގްރޫޕަށް އަންނަ ބަދަލުތައް.
އެ އިންޓަފޭސްގައި ބޭނުންކޮށްފައި ވަނީ ވެސް ޑިސްކޯޑްގައި ބޭނުންކުރާ ދަނބުކުލައާ ދާދި އެއްގޮތް ކުލައެކެވެ.
ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ފޭސްބުކް ގްރޫޕަށް ގެންނަ އެ ބަދަލާ އެކު، އޭގެ މެނޫގައި ޗެނަލްތަކާއި މެސެންޖޭ ކޮންވަޒޭޝަންސް އަދި އިވެންޓްް ކްރިއޭޓްކުރަން ހާއްސަ ބައެއް ވެސް އިނދެ އެވެ.
ފޭސްބުކް ގްރޫޕަށް އަންނަ ބަދަލުތައް.
މެސެޖުކުރުމަށާއި އޯޑިއޯ ރޫމްސް ހެދުމަށާއި އަދި ފީޑް ރޫމްސް ހެދުމަށް ޗެނަލްތައް ބޭނުންކުރެވޭނެ އެވެ. މެސެޖުކުރާ ބައި، ފޭސްބުކް މެސެންޖާއާ ބޮޑަށް ވައްތަރު ވިޔަސް، އޯޑިއޯ ރޫމްސް ހަމަ ވައްތަރީ ޑިސްކޯޑްގެ އޯޑިއޯ ރޫމްސް އިންނަ ގޮތާ އެވެ.
މެޓާ އިން ބުނި ގޮތުގައި ވަރަށް އަވަހަށް އެ ބަދަލުތައް އާންމުންނަށް ފެންނަން ފަށާނެ ކަމަށެވެ.
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ހުއްދަނެތި ނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރި މައްސަލައެއް
ވަޓްސްއެޕް މެސެޖުތަކަށް ރިއެކްޓް ކުރެވޭ ގޮތް ހަދައިފި
ރާއްޖޭގައި 30 މިލިއަންގެ ބޮޑު ފްރޯޑެއް، ސަމާލުވޭ!
ރަޝިއާގައި ފޭސްބުކަށް ނުވަދެވޭ ގޮތް ހަދައިފި
ފޭސްބުކަށް 200 ބިލިއަން ޑޮލަރު ގެއްލުން