Roadha Mihaaru
މެކްރޯނަށް ޕާލެމެންޓްގެ އަގުލަބިއްޔަތު ގެއްލިއްޖެ

މެކްރޯނަށް ޕާލެމެންޓްގެ އަގުލަބިއްޔަތު ގެއްލިއްޖެ

20 ޖޫން 2022

ފަރަންސޭސި ވިލާތުގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް އިންތިހާބުވިތާ ދެ މަސް ވެސް ނުވަނީސް، ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި، އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޯންގެ ކޯލިޝަނަށް އަޣުލަބިއްޔަތު ގެއްލިއްޖެ އެވެ.

މި މަހުގެ 12 އިން 19 އަށް އެ ގައުމުގައި ބޭއްވި، ނޭޝަނަލް އެސެމްބްލީ (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ)ގެ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ރޭ ލިބުނު އިރު، މިފަހަރުގެ އިންތިޚާބުގައި ކުރި ހޯދީ ވާތުފިޔައިގެ ކޯލިޝަނާއި ކަނާތު ފިޔައިގެ ޕާޓީތަކެވެ. އިންތިޚާބުގެ ވޯޓުލުން ފެށުމާއެކު، ރައީސް މެކްރޯން ވަނީ ނޭޝަނަލް އެސެމްބްލީގައި ވަރުގަދަ އަޣުލަބިއްޔަތެއް ހޯދުމަށް ގޮވާލައްވައިފަ އެވެ.

ނަމަވެސް ކުރިން މަޖިލީހުގައި އަޣުލަބިއްޔަތު ދަމަހައްޓަމުން އައި، ކޯލިޝަންގެ ބައިވެރިންނަށް ގިނަ ގޮނޑިތަކެއް ގެއްލުމާ ގުޅިގެން، ކުރިއަށް އޮތް ރިއާސީ ދައުރުގައި، ރައީސް މެކްރޯން އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ޖޫން 19، 2022 ގައި ފަރަންސޭސި ވިލާތުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު، ނޭޝަނަލް އެސެމްބްލީގެ ރައީސް ރިޗަޑް ފެރާންޑް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ދާދި ފަހުން ބޮޑުވަޒީރު ކަމަށް އައްޔަންކުރި އެލިޒަބެތު ބޯން ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގެ ނަތީޖާ ނުކުތީ، އެއްގޮތަކަށް ވެސް ކުރިން ލަފާކުރި ގޮތަކަށް ނޫނެވެ. އަދި ފަރަންސޭސި ވިލާތުގެ ފަހުގެ ތާރީޚުގައި، މިފަދަ ގޮތަކަށް ޕާޓީތަކަށް ގޮނޑިތައް ބެހިފައިވާ ދުވަސްވަރެއް ނާންނަ ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް އެކި ޕާޓީތަކަށް ބެހިގެން އެ ދިޔަ ގޮތުން، ގައުމަށް ވަރަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެދާނެ ކަމަށެވެ. ގައުމުގެ އެތެރެއިންނާއި ބައިނަލްއަގުވާމީ މުޖްތަމައުން ކުރިމަތިވާ ނުރައްކާތައް އިތުރުވުމުގެ ފުރުސަތު ވެސް މިހާރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރި އިދިކޮޅު ދެ ޕާޓީ އޮތީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅުމުގެ ވިސްނުމެއްގައި ނޫން ކަމަށްވާތީ، ރައީސް މެކްރޯންގެ ސަރުކާރަށް މާ ބޮޑެތި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. ފަރަންސޭސި ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ބްރޫނޯ ލެ މެޔާ ވިދާޅުވި ގޮތުގައި ސަރުކާރަށް ގައުމު ނުހިންގޭ ފަދަ ހާލަތަކަށް އަދި ނުދެ އެވެ. ނަމަވެސް އެހާ ފަސޭހަ ނުވެދާނެ އެވެ.

ޖޫން 19، 2022 ގައި ފަރަންސޭސި ވިލާތުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން، ރެސެމްބްލްމެންޓް ނޭޝަނަލް ޕާޓީގެ ލީޑަރު މަރީން ލެ ޕެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

މިދިޔަ އެޕްރީލް މަހު އޮތް ރިއާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް، ރައީސް މެކްރޯން އިންތިޚާބުވި އިރު، އޭނާގެ ވެރިކަންކުރާ ކޯލިޝަނަށް، ނޭޝަނަލް އެސެމްބްލީގެ 577 ގޮނޑީގެ ތެރެއިން 300 އަށްވުރެ ގިނަ ގޮނޑި ލިބިފައިވެ އެވެ. މިފަހަރުގެ އިންތިޚާބުގައި ވެސް، އަޣުލަބިއްޔަތު ދެމެހެއްޓުމަށްޓަކައި މަދުވެގެން 289 ގޮނޑި އެ ކޯލިޝަނަށް ބޭނުންވެ އެވެ.

ނަމަވެސް، އެހެން ޕާޓީތަކުން ހޯދި ކާމިޔާބީގެ ސަބަބުން، މެކްރޯންގެ ކޯލިޝަނަށް ލިބުނީ އެންމެ އާދައިގެ އަޣުލަބިއްޔަތަށް ވުރެ ވެސް މަދުން، އެންމެ 245 ގޮނޑި އެވެ.

މިފަހަރުގެ އިންތިޚާބުގައި ނާކާމިޔާބު ލިބިވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި، ސިއްހަތާ ބެހޭ ވަޒީރު ބްރިގީޓް ބޯރްގުއިނޯން އާއި ގްރީން ޕާޓީގެ ޓްރާންސިޝަން މިނިސްޓަރު އެމެލީ ޑި މޮންޝާލީން ހިމެނެ އެވެ. އޭގެ އިތުރުން ރައީސް މެކްރޯންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ، ނޭޝަނަލް އެސެމްބްލީގެ ރައީސް ރިޗަޑް ފެރާންޑަށް ވެސް އޭނާގެ ގޮނޑި ކަށަވަރުކުރެވޭ ގޮތެއް ނުވި އެވެ.