19 ޖޫން 2022
ޑަޗުގެ ކުންފުންޏެއް ކަމަށްވާ ލައިޓްއިޔާ އިން ހަދަން އުޅޭ ދުނިޔޭގެ ފުރަތަމަ، ސޯލާ ޕެނަލް ހުންނަ ކާރު އުފެއްދުމުގެ މަސައްކަތް މި އަހަރު މެދު ތެރޭގައި ފަށައި، ބާޒާރަށް ނެރޭނެ ކަމަށް ބުނެފި އެވެ.
ޑަޗުގެ ކުންފުންޏެއް ކަމަށްވާ ލައިޓްއިޔާ އިން ހަދަން އުޅޭ ދުނިޔޭގެ ފުރަތަމަ، ސޯލާ ޕެނަލް ހުންނަ ކާރު އުފެއްދުމުގެ މަސައްކަތް މި އަހަރު މެދު ތެރޭގައި ފަށައި، ބާޒާރަށް ނެރޭނެ ކަމަށް ބުނެފި އެވެ.
"ދަ ލައިޓްއިޔާ ޒީރޯ" ކިޔާ އެ ކާރުގައި ސޯލާ ޕެނަލް ހުންނާނީ ކާރުގެ މަތީގައި އާއި ކުރިމަތީގަ އެވެ. އަދި އެ ޕަނަލަށް ބޭނުންވާ އިލެކްޓްރިކް ބެޓަރީ އިންނާނީ ކާރުގެ ޑިކީ ތެރޭގަ އެވެ.
އަންނަ ނޮވެމްބަރު މަހު ޔޫރަޕްގައި އެ ކާރުގެ ޑެލިވަރީ ފަށަން ވެސް ވަނީ އަމާޒުހިފައިފަ އެވެ.
އެ ކުންފުނިން ބުނީ ފުލް ޗާޖުގައި އެ ކާރުގައި 388 މޭލު ދުރަށް ދުއްވޭނެ ކަމަށެވެ. އަދި ދުއްވަމުން ދާއިރު އަވި ލިބޭނެ ކަމަށްވާ ނަމަ، އިތުރު 44 މޭލަށް ދުއްވޭ ވަރަށް ވެސް ޗާޖުވާނެ ކަމަށް ބުންޏެވެ. އެއީ މަޝްހޫރު ލަގްޒަރީ ކާރު ބްރޭންޑް ޓެސްލާގެ މޮޑެލް ތިނެއްގެ ކާރެއްގައި ދުއްވޭ ވަރަށް ވުރެ ވެސް ދުރެވެ.
އަވި ލިބޭ ތަނެއްގައި އެ ކާރު ބާއްވާފައި އޮންނަ ނަމަ، ކޮންމެ ގަޑިއިރެއްގެ ތެރޭގައި ހަ މޭލަށް ދުއްވޭ ވަރަށް ޗާޖު ކުރެވޭނެ އެވެ.
ލައިޓްއިޔާ ޒީރޯގެ ޑިޒައިން ފޮޓޯއެއް. -- ފޮޓޯ: ލައިޓްއިޔާ
ލައިޓްއިޔާ އިން ބުނި ގޮތުގައި، ސްޕެއިން އާއި ޕޯޗުގަލް ކަހަލަ ހޫނުގަދަ ގައުމުތަކުގައި ކޮންމެ ދުވަހަކު 22 މޭލަށް ވުރެ މަދުން ދުއްވާ ނަމަ، ހަތް މަސް ވަންދެން ޗާޖު ކުރަން ވެސް ނުޖެހޭނެ އެވެ. އަދި ނެދަލޭންޑްސް ކަހަލަ ފިނި ގައުމުތަކުގައި އެ މުއްދަތު އުޅެނީ ދެ މަހަށް ކަމަށް ބުންޏެވެ.
އެހެން ބައެއް ކުންފުނިތަކުން ވެސް އަންނަނީ ސޯލާ ޕެނަލް ހުންނަ ކާރު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ލައިޓްއިޔާ ފިޔަވައި، އެއްވެސް ކުންފުންޏަކަށް ކާރު ބާޒަރަށް ނެރެން ތައްޔާރުވާ ކަމަކަށް އަދި ނުބުނެ އެވެ.
އެ ކާރު އަގު ވަރަށް ބޮޑެވެ. އޭގެ ކާރެއްގެ އަގަކީ 262،000 ޑޮލަރެވެ. އެއީ ފެރާރީ ރޯމާ، ނިސާން ލީފް އަދި ޓެސްލާ މޮޑެލް ތިނަކަށް ވުރެ ވެސް ވަރަށް ބޮޑު އަގެކެވެ.
ލައިޓްއިޔާގެ އަގުހެޔޮ ކާރެއް 2025 ގައި ނެރޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކާރުގެ އަގަކީ 31،215 ޑޮލަރެވެ.
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް
އައްޑޫގެ ސޯލާ މަޝްރޫއު ފަށައިފި
އީޖާދީ ވިސްނުމުގައި ދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ
މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕްރޮޖެކްޓެއް
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
"ހަކަތަ ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވޭ"