15 ޖޫން 2022
ރާއްޖޭގައި ދެތިން ދުވަހުގެ ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު، އެނބުރި އިންޑިއާ އަށް ދިޔަ ގޮތަށް ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ، ވިރާޓް ކޯލީ ހޮސްޕިޓަލަށް ދިއުމުން ސަޕޯޓަރުން ކަންބޮޑުވެއްޖެ އެވެ.
ރާއްޖޭގައި ދެތިން ދުވަހުގެ ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު، އެނބުރި އިންޑިއާ އަށް ދިޔަ ގޮތަށް ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ، ވިރާޓް ކޯލީ ހޮސްޕިޓަލަށް ދިއުމުން ސަޕޯޓަރުން ކަންބޮޑުވެއްޖެ އެވެ.
ހޯމަ ދުވަހު އަނުޝްކާ އާއި ވިރާޓް އިންޑިއާ އަށް ގޮސް، ގެއަށް ދިޔަތާ މާ ގިނައިރުތަކެއް ނުވެ ވަނީ ހޮސްޕިޓަލަށް ގޮސްފަ އެވެ. އެ މީހުންގެ ކާރުގައި ހޮސްޕިޓަލަށް ދާ ވީޑިއޯއެއް ވެސް ،އާންމުވެ ސަޕޯޓަރުން ވަނީ ބަލިވެ އުޅެނީތޯ ސުވާލުކޮށްފަ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސަޕޯޓަރުން ހާސްވާ ވަރުގެ ކަމެއް ނުވެ އެވެ. ރާއްޖެ އަށް ދަތުރުކުރުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ދެމެފަރިން ވެސް ކޮވިޑަށް ޓެސްޓްކުރަން ބޭނުންވީ ކަމަށްވެ ބުންޏެވެ.
އަނުޝްކާ ވަނީ ރާއްޖެ އައުމަށް ފަހު، އެ ދަތުރުގައި ނެގި ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާ ގޮނޑުދޮށުގައި އަމިއްލަ އަށް ނަގާފައިވާ ބައެއް ރީތި ފޮޓޯތައް ވެސް އާންމުކުރި އެވެ.
އަނުޝްކާގެ މަސައްކަތްތަކަށް ބަލާއިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޗަކްޑާ އެކްޕްރެސް" އެވެ. އެއީ ދަރިއަކު ލިބުނު ފަހުން ނުކުންނަ އޭނާގެ ފުރަތަމަ ފިލްމެވެ.
އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ
އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެެ
އަނުޝްކާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ
ވިރާޓްގެ ކެރިއަރު ހަލާކުވީ ކައިވެންޏާ ހެދި: ޝުއައިބް
ކާތިކް ބޭނުމީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެން
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ
ކެޓްރީނާގެ ކައިވެންޏަށް ސަލްމާނަށް ދައުވަތެއް ނެތް
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް
އަނުޝްކާ ފިލްމަކަށް ތައްޔާރުވާން ފަށައިފި