ހުޅުމާލޭގައި ކުވެއިތުގެ ކުންފުންޏަކުންް އިމާރާތްކުރާ ސްކޫލުގެ ބިންގާ މިއަދު އަޅައިފި އެވެ.
14 ޖޫން 2022
ހުޅުމާލޭގައި ކުވެއިތުގެ ކުންފުންޏަކުންް އިމާރާތްކުރާ ސްކޫލުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ "އަޖިއަލް ބައިލިންގުއަލް ސްކޫލް" އަކީ 1،200 ކުދިންގެ ޖާގައިގެ ތަނެކެވެ. ކުވެއިތުގެ އަލްޖެރީ ހޯލްޑިން އިން ހަދާ އެ ސްކޫލުގައި އިނގިރޭސި މީޑިއަމާއި އަރަބި ބަހުން ވެސް ކިޔަވައިދޭނެ އެވެ. އަދި ފައުންޑޭޝަން ސްޓޭޖުން ފެށިގެން 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.
ހުޅުމާލޭ ރެއިންކްރެސްޓް ރެޒިޑެންސް ކައިރީގައި ހަދާ އެ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަލްޖެރީ ހޯލްޑިން ގްރޫޕްގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ. އެ ކުންފުނީގެ ޗެއާމަނަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ސަހުޝިއްޔަތެކެެވެ.
ނައިބު ރައީސް ފައިސަލް، "އަޖިއަލް ބައިލިންގުއަލް ސްކޫލު" ގެ ބިންގާ މިއަދު އަޅަނީ.
ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް އަލްޖެރީ ހޯލްޑިންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
އަލްޖެރީ ހޯލްޑިންގެ ދަށުން އެ ސްކޫލު އިމާރާތް ކުރާނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓަށް ސްކޫލުގެ މަސައްކަތް ނިންމާލައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ކުދިންނަށް ފުރުސަތު ހުޅުވާލުމަށެވެ.
އަލްޖެރީ ހޯލްޑިން އިން ދަނީ ކުވައިތުގައި 20 އިންޓަނޭޝަނަލް ސްކޫލު ހިންގަމުންނެވެ.
މެމްބަރު ހަލީލުގެ ފައުންޑޭޝަނަށް ކުވޭތުން އެހީ ދީފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ހުޅުމާލޭގައި އާ ސްކޫލެއްގައި ކިޔަވައިދޭން ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
އަހުމަދިއްޔާ އަށް ހުޅުމާލެއިން ބިމެއް ދެނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ހުޅުމާލޭގައި ވިލާގެ ސްކޫލެއް ހަދަން ހަވާލުކޮށްފި
އާ ސްކޫލް ހުޅުވަންދެން ކިޔަވާނީ ތިން ސްކޫލެއްގައި
ފޭސް ދޭއްގެ ފުރަތަމަ ސްކޫލް ސެޕްޓެމްބަރު މަހު ހުޅުވަނީ
ހުޅުމާލެ 2 ގައި އަންނަ އަހަރު ތިން ސްކޫލެއް ހުޅުވާނެ