01 ޖޫން 2022
އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރައިލި ކަމުގެ ޒިންމާ ކެނެޑާގައި އުޅޭ ގޭންގަކުން ނަގައިފި އެވެ. މަންސާ ޑިސްޓްރިކްޓްގައި މިދިޔަ ހޮނިހިރު ދުވަހު ސީދޫގެ ގަޔަށް ބަޑި ޖަހައި މަރައިލީ އޭނާގެ އުފަން އަވަށް، މޫސާ ވިލެޖަށް ދެ އެކުވެރިއަކާއެކު ދަތުރުކުރަނިކޮށެވެ.
އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރައިލި ކަމުގެ ޒިންމާ ކެނެޑާގައި އުޅޭ ގޭންގަކުން ނަގައިފި އެވެ. މަންސާ ޑިސްޓްރިކްޓްގައި މިދިޔަ ހޮނިހިރު ދުވަހު ސީދޫގެ ގަޔަށް ބަޑި ޖަހައި މަރައިލީ އޭނާގެ އުފަން އަވަށް، މޫސާ ވިލެޖަށް ދެ އެކުވެރިއަކާއެކު ދަތުރުކުރަނިކޮށެވެ.
ސީދޫގެ އުޅަނދަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގައި މާ ގިނައިރުތަކެއް ނުވެ އޭނާ މަރުވިއިރު، އެ މަރުގެ ޒިންމާ ގޭންގަކުން ނެގީ އޭގެ ދެ ދުވަސް ފަހުންނެވެ.
ގޯލްޑީ ބްރާރް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ސީދޫ މަރައިލީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ، އަކަލީ ދާލްގެ ލީޑަރަކު މަރައިލި މީހުންގެ ތެރޭގައި ސީދޫގެ ނަން ވެސް ހިމެނޭތީ ކަމަށެވެ. އެހެންވެ، އެ މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ބަދަލު ހިފުމުގެ ގޮތުން ސިދޫ މަރައިލީ އެވެ.
އޭނާ އާއި ސަޗިން ބިޝްނޯއީ އާއި ލޯރެންސް ބިޝްނޯއީ، ސީދޫގެ މަރުގެ ޒިންމާ ނަގާ ކަމަށް ވެ އެވެ. އެ ޕޯސްޓްކުރި ގޯލްޑީއަކީ ސަތިންދާރު ސިންގް ނަމަކަށް ކިޔާ މީހެކެވެ.
އޭނާއަކީ ގޭންގް ލީޑަރެއް ކަމަށްވާ، ލޯރެންސްގެ ގާތް މީހެކެވެ. މީގެ ކުރިން ވެސް ބޮޑެތި ކުށްތަކުގައި އޭނާގެ ނަން ފެންމަތިވި އެވެ.
ޕަންޖާބުގެ ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ސީދޫ މަރައިލުމުގެ ފަހަތުގައި އޮތީ ބިޝްނޯއީ ގޭންގު ކަމަށް ތުހުމަތު ކުރެވެ އެވެ. ކޮންގްރެސް ލީޑަރުކަން ވެސް ކުރަމުން ދިޔަ އުމުރުން 28 އަހަރުގެ ސީދޫ މަރާލީ ޕަންޖާބުގެ ފުލުހުން 424 މީހަކަށް ދެމުން އައި ސެކިއުރިޓީ އުވައިލިތަނާ ހެންނެވެ. ސީދޫ އަކީ ވެސް ސެކިއުރިޓީ ލިބެމުން އައި މީހެކެވެ. އޭނާ މަރާލުމުގެ ދެ ހަފުތާ ކުރިން ވަނީ "ދަ ލާސްޓް ރައިޑް" ގެ ނަމުގައި ލަވައެއް ވެސް ނެރެފަ އެވެ.
ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ފޮނުވާލައިފި
ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް
ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި
ކެނެޑާގެ ރަށްވެހިކަން ހޯދި ސަބަބު އަކްޝޭ ކިޔައިދީފި
ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދާތީ އަކްޝޭގެ ޝަކުވާ
"ދިލްބަރު" އިން ކެރިއާ ބަދަލުކޮށްލި: ނޯރާ
ކާދަރޭ ހޮސްޕިޓަލުގައި، ހާލު ވަރަށް ސީރިއަސް
މީޑިއާތަކުން ފެތުރީ ދޮގު ވާހަކަތަކެއް: ޑެވޮލީނާ
ގޯޕީ ބަހޫގެ ރޯލް ކުޅުނު ބަތަލާ ހައްޔަރުކޮށްފި
ނޯރާ ފަތެހީ ލަވަކިޔުންތެރިއަކަށް