28 ޑިސެމްބަރ 2016
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖޭން ކަނޑައެޅި ޓާގެޓަކީ ތަށި ކަމަށާއި އެ ނުލިބުމުން ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް މުބާރާތުގެ ތިން ވަނަ އަކީ ވެސް ކާމިޔާބެއް ކަމަށް ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖޭން ކަނޑައެޅި ޓާގެޓަކީ ތަށި ކަމަށާއި އެ ނުލިބުމުން ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް މުބާރާތުގެ ތިން ވަނަ އަކީ ވެސް ކާމިޔާބެއް ކަމަށް ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.
މިދިޔަ އަހަރުގެ މުބާރާތުން ދެ ވަނަ ހޯދި ރާއްޖޭން މި ފަހަރުގެ މުބާރާތުގައި ފަސް މެޗު ކުޅުނެވެ. އޭގެ ތެރެއިން ތިން މެޗުން ލީގު ބުރުގައި ބަންގްލަދޭޝް އާއި ނޭޕާލް އަދި ކިރްގިސްތާން އަތުން ބަލިވިއިރު، އަފްގާނިސްތާނާ ދެކޮޅަށް ކުޅެގެން ވަނީ މޮޅުވެފަ އެވެ.
ރާއްޖެ އިއްޔެ ތިން ވަނަ ހޮވާ މެޗުން މޮޅުވީ ނޭޕާލާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ.
"އެންމެ ހިތްހަމައެއް ނުޖެހޭ. އުއްމީދުކުރީ ތަށްޓައް. ދެން ފައިނަލަށް ވެސް ނުދެވޭތީ އަޅުގަނޑުމެން ދެރަވެފައި މިތިބީ. ފައިނަލުގެ ޖާގަ ގެއްލުނު ހިސާބުން ދެން ހުރިހާ ކުޅުންތެރިންގެ އަޒުމަކަށްވީ ތިން ވަނަ ހޯދަން. މިއީ ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބެއް." އިއްޔެގެ މެޗަށް ފަހު ބަޓިސް ބުންޏެވެ.
މި މުބާރާތަށް އައުމުގެ ކުރިން ރާއްޖެ ވަނީ ލަންކާގައި ދިގު ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. މި ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. މި މުބާރާތުގައި ރާއްޖެ އަށް ދިމާވި އެއް މައްސަލަ އަކީ ކުޅުންތެރިންގެ އަނިޔާގެ މައްސަލަ އެވެ.
"އަޅުގަނޑުމެން މި މުބާރާތަށް ތައްޔާރުވުމަށް ޓްރެއިނިން ކޭމްޕަށް ލަންކާ އަށް ފުރިއިރު ވެސް ޓީމުގެ ގިނަ ކުޅުންތެރިން ތިބީ އިންޖަރީގައި. އެކަން އެއިރު ވެސް ފާހަގަކުރެވުނު. އެކަހަލަ ކުދިކުދި މައްސަލަ ވެސް ދިމާވި." ބަޓިސް ބުންޏެވެ.
"ގަބޫލުކުރަން ޖެހޭ ކަމަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން މި ހިސާބަށް އާދެވުނީ. ކުޅިވަރުގައި އޮންނާނީ މޮޅާއި ބަލި އެކަން ގަބޫލުކުރަން ޖެހޭ."
ގައުމީ ވޮލީޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަނިލް (ކ) އާއި ބަޓިސް (މ) އަދި ލޯންގޭ.-- ފޮޓޯ: މިހާރު
މި މުބާރާތް ކުރިޔަށްދިޔައީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. ރާއްޖެ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ތިން މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
"ދިމާވި އެންމެ ބޮޑު މައްސަަލަ އަކީ ފެށުން ގޯސްވުން. އެއީ ފެށުން ގޯސްވުމާ އެކު އޮތީ ފައިނަލުގެ ޖާގައެއް ހޯދަން އުނދަގޫވެފައި. ކުރިޔަށް އޮތްތާގައި މިކަމަށް ވިސްނައިގެން މަސައްކަތްކުރާނަން،" ބަޓިސް ބުންޏެވެ.
މި ފަހަރުގެ މުބާރާތަށް އައި ޓީމަކީ ހުނަރަށް ބަލާއިރު ވަރަށް މޮޅު ޓީމެކެވެ. އަދި މި ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ފާއިތުވި ދެ އަހަރު ބައިނަލްއަގްވާމީ ފެންވަރުގައި ކުޅެފައިތިބި ކުޅުންތެރިންނެވެ.
ބަޓިސް ބުނީ ރާއްޖޭގައި އޮތީ މި މުބާރާތުގައި ދެއްކި ކުޅުމަށް ވުރެން މޮޅު ކުޅުމެއް ދެއްކޭ ފެންވަރުގެ ޓީމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަދިވެސް މި ޓީމަށް މިއަށް ވުރެން މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް. ފުރަތަމަ މެޗުގައި ވެސް އަޅުގަނޑުމެންގެ ބެސްޓެއް ނުފެނުނު. މި ޓީމަކީ މި އަށް ވުރެން މޮޅު ކުޅުމެއް ދެއްކޭނެ ފަދަ ޓީމެއް،" އޭނާ ބުންޏެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދީ ފައިނަލުގައި ކިރްގިސްތާން ބަލިކުރުމަށް ފަހު އެވެ.
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ
ސެމީން ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ކަޓައިފި
ރާއްޖޭން ސެޓު ނިންމަން ދަސްކުރަން ޖެހޭ: ކޯޗު
ނޭޕާލް ބަލިކޮށް ރާއްޖެ ތިން ވަނަ ހޯދައިފި
ޓާގެޓް ހާސިލްނުވީ ފެށުން ގޯސްވުމުން: ލޯންގޭ
ޓީމުގެ މައްސަލަ އަކީ ޑިފެންސް: ސަޑިއްކެ