26 މެއި 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ހިނގާ ގޮތް ބަލަން އެމަނިކުފާނުގެ ފަރާތްޕުޅުން ހަމަޖައްސަވާ އޮބްޒާވަރުންނަށް ފުރުސަތު ދޭން ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ ވަކީލުން މިއަދު އެދެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ހިނގާ ގޮތް ބަލަން އެމަނިކުފާނުގެ ފަރާތްޕުޅުން ހަމަޖައްސަވާ އޮބްޒާވަރުންނަށް ފުރުސަތު ދޭން ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ ވަކީލުން މިއަދު އެދެފި އެވެ.
މިދިޔަ އަހަރު މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ވަކީލް ނާޒިމް ސައްތާރު ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައިވަނީ އެ ޝަރީއަތްތައް ހިނގާ ގޮތް ބަލަން ކޮންމެ އަޑުއެހުމަކަށް ނަޝީދުގެ ފަރާތްޕުޅުން މަދުވެގެން ދެ އޮބްޒާވަރުންނަށް ފުރުސަތު ދޭން އެދޭ ކަމަށެވެ.
އޮބްޒާވަރުންގެ ތެރޭގައި ރާއްޖޭގައި ތިން ވަކީލަކާއި އެ މައްސަލައަށް ނަޝީދު އައްޔަން ކުރެއްވި އިނގިރޭސިވިލާތުގެ ވަކީލަކު ވެސް ހިމެނެ އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް މުހައްމަދުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް މިދިޔަ މަހު ވަނީ އިއްވައިފަ އެވެ. އެއީ އޭނާ ކުށަށް އިއުތިރާފްވުމުންނެވެ.
ނަޝީދަށް ހަމަލާދިން އެންމެން ސަލާމަތްވެދާނެ ހާލަތެއް!
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާގެ މައްސަލަ ބަލާ ބެންޗަށް ގާޒީ ދީބާނާޒް
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު