26 މެއި 2022
މަރުކަޒީ ސަރުކާރަށް ހިފަަހައްޓާފައި އޮތް ބާރުތައް، ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް މި ސަރުކާރުން ދޫކޮށްލައި ތަންފީޒުކުރުމުގައި މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް މަޝްވަރާކޮށް، ހައްލުތައް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކޮންފަރެންސެއް މާދަމާ އއ. އުކުޅަހުގައި ފަށާގޮތަށް ހަމަޖައްސައިފި އެވެ.
މަރުކަޒީ ސަރުކާރަށް ހިފަަހައްޓާފައި އޮތް ބާރުތައް، ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް މި ސަރުކާރުން ދޫކޮށްލައި ތަންފީޒުކުރުމުގައި މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް މަޝްވަރާކޮށް، ހައްލުތައް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކޮންފަރެންސެއް މާދަމާ އއ. އުކުޅަހުގައި ފަށާގޮތަށް ހަމަޖައްސައިފި އެވެ.
މިއީ، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލު ގެނައުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި ބޭއްވި "ވިޔަވަތި ރާއްޖެ" ގެ ދެ ވަނަ ކޮންފަރެންސެވެ. އެ އިސްލާހުތަކުން ބާރުތައް ދޫކޮށްލައިގެން ކައުންސިލްތައް ހިންގާތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ.
ދެ ދުވަހުގެ ކޮންފަރެންސްގައި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސަތު ބަލަހައްޓަވާ އެ ކޮންފަރެންސް ކުރިއަށް ގެންދަން ރާވާފައިވަނީ ރަށާއި އަތޮޅު އަދި ސިޓީތަކުގެ ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅުއްވޭ ގޮތަށެވެ.
ވަޒީރުންނާއި މުއައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުން ވެސް އެ ކޮންފަރެންސްގައި ތިއްބަވާނެ އެވެ.
ހިންމަފުށީ ކައުންސިލަރުންނާ ރައީސް ބައްދަލު ކުރައްވަނީ: ކައުންސިލްތަކަށް މިހާރު ދިމާވާ ގޮންޖެހުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދާ ގޮތަށް ވަނީ ނިންމާފައި. -- ފޮޓޯ | ރައީސް އޮފީސް
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން މިއަދު ވިދާޅުވީ ފުރަތަމަ ކޮންފަރެންސްގައި ކައުންސިލްތަކުގެ ރައީސުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ހިޔާލުތައް، އަދި ކުރި މަޝްވަރާތައް ލާމަރުކަޒީ ބަދަލު ތަންފީޒުކުރުމުގައި ބޭނުންކޮށްފައިވާނެ ކަމަށެވެ. ކޮވިޑާ ހެދި ކޮންފަރެންސް މެދުކެނޑުމަކަށް ފަހު އަލުން މި ފަށަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މެދު ރާއްޖެތެރެ، އުކުޅަހުގައި ނިންމައި އުތުރާއި ދެކުނުގެ ކޮންފަރެންސް ވެސް ބާއްވާނެ އެވެ.
"ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި ގޮންޖެހުންތަކާއި ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތަކަށް ސީދާ ރައީސްއާ އެކު ވާހަކަދެކެވި މަޝްވަރާ ކުރެވޭނެ މި ކޮންފަރެންސްގައި،" ހަމްދާން ވިދާޅުވި އެވެ.
"ކައުންސިލްތަކުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކުގެ އިތުރުން ސަރުކާރަށް ވެސް އެބަހުރި ފާހަގަކުރެވިފައި މައްސަލަތައް. މިސާލަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި ދިމާވެގެން އުޅޭ އުނދަގޫތައް ހައްލުކުރުމުގައި ސަރުކާރުން ހުށަހަޅާނެ ހައްލުތަކެއް އެބަހުރި."
ލާމަރުކަޒީ ރާއްޖެ ކޮންފަރެންސްގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ \ މިހާރު
ހަމްދާން ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށެވެ. އޭގެތެރޭގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވަން ސަރުކާރުން ކޮށްފައިވާ މަސައްކަތާއި ކުރަމުން އަންނަ މަސައްކަތާއި މާލީ ގޮތުން ބާރުވެރިވުމަށް ދިމާވާ ގޮންޖެހުންތަކާއި ހައްލުތަކަށް ވެސް ވާހަކަ ދައްކާނެ އެވެ.
މީގެ ނަތީޖާއަކަށް ވާނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތައް ތަންފީޒުކުރުމުގައި ދިމާވި ކަންކަމަށް މަޝްވަރާކުރެވި ހައްލުތަކެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އިސްލާހުކޮށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ 100 ޕަސަންޓު ކައުންސިލްތަކަށް ދޫކޮށްލުން ހިމެނެ އެވެ. އަދި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވެސް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލްތަކުން ފީ ނަގައި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު އޮތީ ފަހިވެފަ އެވެ. އެކަމަކު މިިގޮތަށް ކައުންސިލްތައް ހިންގަން ދަތިތަކެއް ހުރި ކަމަށް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.
ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ރަށާއި އަތޮޅުގެ ތަަރައްގީގައި ހިއްސާބޮޑުކުރުމަށް ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 ޕަސަންޓް ޖާގަ އަންހެނުންނަށް ހާއްސަކޮށް، ފުރަތަމަ ފަހަރަށް އިންތިހާބަކުން އަންހެނުންގެ ކޮމިޓީތައް ވެސް ވަނީ ހޮވައިފަ އެވެ. މި ބަދަލުގައި ވެސް ހައްލު ހޯދަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވެސް ހުށަހަޅާފައިވެ އެވެ.
ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރި ނުވި
އުކުޅަހަށް ގެނައި ބަރުކަމާއި ރައީސް ދެއްކެވި މިސްރާބު
އަންހެނުން ކޮމިޓީގެ އެލަވަންސް މި މަހު ބޮޑުވާނެ
އެމްޑީޕީގެ ރައީސް ކަމަށް އިބޫ ހަމަޖައްސައިފި
"އުކުޅަހު ރައްޔިތުން މިތިބީ އުފަލުން ފުރިފައި"
"އިގްތިސާދީ ކަންކަން ކުރާނީ ތިމާވެއްޓަށް ބަލައިގެން"
ރިސޯޓު ހަދަން އަލިފުށީ އިހުތިސާސުން އިއްތިގިލި ނަގައިފި
އަންހެނުންގެ ކޮމެޓީގެ އިންތިޚާބަށް ދެން 1އަހަރު ލިބޭނެ
ލާމަރުކަޒީ ބަދަލުތަކުން ހައްގުތައް ކަށަވަރުވެއްޖެ:ރައީސް
ވިއަވަތި ކޮންފަރެންސްގެ ނަތީޖާއާ މެދު ރައީސްގެ ހިތްހަމަޖެހުން