16 މެއި 2022
ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭންތައް ދެ މަސް ތެރޭގައި ފާސްކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުށަހަޅައިފި އެވެ.
ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭންތައް ދެ މަސް ތެރޭގައި ފާސްކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުށަހަޅައިފި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހަށް އެމްއެންޕީގެ ފަރާތުން ހުށަހަޅާ ފުރަތަމަ އިސްލާހެވެ.
އެ ޕާޓީން މިއަދު ބުނީ ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސް ނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީ އާއި ކައުންސިލްތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާ އަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭންތައް އިސްލާހު ކުރަން އެންގުމަށް ފަހު ޕްލޭން ފާސް ނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު އެ އިދާރާ އަށް ލިބެ އެވެ.
އެމްއެންޕީން ހުށަހަޅާފައި ވަނީ އެ މާއްދާ އިސްލާހުކޮށް ގިނަވެގެން 60 ދުވަސް ތެރޭގައި ލޭންޑް ޔޫޒް ޕްލޭން ފާސް ކުރާ ގޮތަށް ހެދުމަށެވެ.
ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން މިދިޔަ މަހާ ހަމައަށް ޕްލޭނިން މިނިސްޓްރީ އަށް 52 ރަށަކުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ތެރެއިން ހުއްދަ ދީފައި ވަނީ އެންމެ ފަސް ރަށަކަށެވެ.
އިތުރު 12 ރަށެއްގެ ޕްލޭންތަކަށް ހުއްދަ ދިނުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން އޭރު ބުންޏެވެ.
އާބަން ޑިވެލޮޕްމަންޓު ބިލްގެ ނަތީޖާއަކީ ކޮބާ؟
ލޭންޑް ޔޫސް ޕްލޭންގެ ބޮޑު ޝަކުވާއަށް ހައްލެއް
ލޭންޑް ޔޫސް ޕްލޭނާގުޅޭ އިސްލާހަށް ތާއީދެއް ނެތް
ރަށުން ދޫކުރާ ބިމުގެ ކުލި ކަނޑައެޅުން ކައުންސިލަށް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
އާބަން ޑިވެލޮޕްމަންޓް ބިލް ފާސްކޮށްފި
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ބިނާވެށި ޕްލޭން ކުރުމުގެ ބިލް ތަސްދީގުކޮށްފި
ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ
ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެ ފަހަރު