ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް އެކަން ސާބިތު ނުވާ ކަމަށް ހުކުމް ކުރެއްވި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
13 މެއި 2022
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް އެކަން ސާބިތު ނުވާ ކަމަށް ހުކުމް ކުރެއްވި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އަލީ ޝަރީފަކީ ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 3 ވަނަ ދުވަހުގެ ރޭ މަސްއޫދާއި އޭނާގެ އަންހެނުން ފޮނަދޫގެ ބޯޅަދަނޑެއް ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް މީހަކު އައިސް ދަގަނޑުބުރިއަކުން ވަނީ އޭނާ އަށް ހަމަލާދީފަ އެވެ.
އެ މައްސަލަ ސާބިތު ކުރުމަށް ވީޑިއޯގެ އިތުރުން 11 ހެއްކަކު ދައުލަތުގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ނިންމީ އެ މައްސަލަ ސާބިތު ނުވާ ކަމަށެވެ.
ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކުރިން ހުށަހެޅި ހެކިތަކުގެ ތެރެއިން މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ޝަރީއަތުން ނިންމާފައިވާ ކަމަށާއި އެ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފު ވެސް ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ގާޒީ ހުކުމް ކޮށްފައި ވަނީ އެ ދެ ފަރާތުގެ ހެކި ބަސް ޝަރީއަތަށް ބަލައިގަނެވެން ނެތް ކަމަށް، ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
އެ ދެ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ސަބަބެއް ކަމަށް އެ ހުކުމްގައި ބުނެފައި ވަނީ މަސްއޫދަކީ އަނިޔާ ލިބުނު ފަރާތް ކަމަށް ވާތީ އޭނާގެ މަސްލަހަތު އޮތުމާއި އޭނާގެ އަނބިމީހާ މަސްއޫޫދާ އެއްކޮޅަށް އަދި ހަމަލާ ދިން މީހާ އާ ދެކޮޅަށް ދީފައިވާ ހެކިބަހަކީ ނިއާކަނޑައެޅުމުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށެވެ.
ހެކިބަސް ބަލައިނުގަތުމާ ގުޅޭ ގޮތުން ޝަރީއަތުން ފާހަގަ ކުރައްވާފައިވާ ދެ ހާލަތަކީ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ގޮތެއް ނިންމެވި އިރު ވެސް ވުޖޫދުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ގޮތެއް ނިންމެވި އިރު ވެސް އެ ދެ ފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެކަމަށް ރިއާޔަތް ކުރުމަށް ފަހުގައި ކަން އެނގޭ ކަމަށް ޖޭއެސްސީ އަށް ފޮނުވި މައްސަލާގައި ބުނެފައިވެ އެވެ.
އެއް މަރުހަލާގައި ނިންމާ ނިންމުންތަކާ ތަައާރަޒުވާ ގޮތަށް މައްސަލަ ނިންމުމުގެ ބާރު އެއް މަރުހަލާގެ ކޯޓުތަކަށް ލިބިފައި ނުވާ ކަމަށާއި މައްސަލަ ނިންމާފައި ވަނީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ އަދުލްއިންސާފުގެ ހަމަތަކާ ހިލާފަށް ކަން އެނގޭ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ފޮނަދޫގައި ވިޔަފާރި ކުރައްވަމުން ގެންދަވާ މަސްއޫދުގެ ކާރުގައި ވެސް 2020 ވަނަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައިވެ އެވެ. އެ މައްސަލައިގެ ތުހުމަތު ވެސް މަސްއޫދު ކުރަނީ ހަމަލަދިން އަހުމަދު ޝަމީމަށް ކަމަށް ވާއިރު، ތަހުގީގު އަދިވެސް ނުނިމޭ ކަމަށްވެ އެވެ.
މަސްއޫދަށް ހަމަލާދިން މައްސަލަ އިސްތިއުނާފްކޮށްފި
މަސްއޫދަށް ހަމަލަދިން މައްސަލަ އިސްތިއުނާފު ކުރަނީ
މަސްއޫދަށް ހަމަލަދިންކަން ސާބިތެއް ނުވި
މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލި މީހާ ދޫކޮށްލައިފި
މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް
ދިއެފްއެމްގެ ކުރީގެ ސީއީއޯއަށް ހަމަލާދީ ޒަހަމްކޮށްލައިފި
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
ބޮޑުފިނޮޅުގެ ބިދޭސީންނާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް!
ހަމަލާދިން މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި