Roadha Mihaaru
މަގުމައްޗަށް ވެއްޓިފައި އޮއްވާ ރޭ ފެނުނީ ދިވެއްސެއް

މަގުމައްޗަށް ވެއްޓިފައި އޮއްވައި ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވީ ދިވެއްސެއް

05 މެއި 2022

މާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވައި ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވީ ދިވެއްސެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވައި ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވީ ދިވެއްސެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ރޭ ކުރި އިއުލާނުގައި ވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އިރާކޮޅު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ދެނެގަތުމުގައި އާއްމުންގެ އެހީއަށް އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ޅ. ހިންނަވަރު، އާރާމްގެ، މުހައްމަދު އިބްރާހިމް، 58، އެވެ. އޭނާގެ އާއިލާ ވެސް ދިރިއުޅެނީ މާލޭގަ އެވެ. މެންދުރު ނަމާދަށް ފަހު އެ މީހާގެ ޖަނާޒާ އޮންނާނެ އެވެ.

ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެން މީހާ ލައިގެން ހުރީ މަޑު މުށިކުލައެއްގެ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. އޭނާގެ ތުނބުޅި އަކާއި ބޯކޮށާފައިވަނީ އާދައިގެ ވަރަކަށް ތުނިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.