Roadha Mihaaru
އޯލެވެލް އިމްތިހާނު 5،900 ދަރިވަރުންނާއެކު ފަށައިފި

އޯލެވެލް އިމްތިހާނު 5،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ފަށައިފި

04 މެއި 2022

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،900 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،900 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާ މި އިމްތިހާނުގައި މިއަހަރު ރާއްޖޭގެ 239 ސެންޓަރަކުން ބައިވެރިވެ އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ. އެކަމަކު 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލުކޮށް މެއި/ޖޫންގައި އޯލެވެލް އިމްތިހާނު ބާއްވާ ގޮތަށް ބަދަލުކުރާށެވެ.

މިފަހުން ރާއްޖޭގައި އޯލެވެލް އިމްތިހާނުތަކުގައި މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް މައްޗެވެ. ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ދަރިވަރުން ދަނީ ހޯދަމުންނެވެ.