03 މެއި 2022
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު ކުރިމައްޗަށް މިއަދު ހަވީރު ގްރޫޕަކުން އެއްވެ، އެ މަނިކުފާނު އަނބުރާ ޖަލަށް ގެންދަން އަޑުއުފުލައިފި އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު ކުރިމައްޗަށް މިއަދު ހަވީރު ގްރޫޕަކުން އެއްވެ، އެ މަނިކުފާނު އަނބުރާ ޖަލަށް ގެންދަން އަޑުއުފުލައިފި އެވެ.
މޯލްޑިވްސް ޔޫތު ފޯސް (އެމްވައިއެފް) ގެ ނަމުގައި ހަރަކާތްތެރިވާ ގުރޫޕްގައި ގިނައީ ޒުވާނުންތަކެއް ކަމަށް ވާއިރު، އެ މީހުން ތިބީ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން، އެ ޓީޝާޓްގައި އެކި ކަހަލަ ޝުއޫރުތައް ލިޔެގެންނެވެ. އެ މީހުން ގެންގުޅުނު ބޯޑުތަކުގައި ވެސް ޔާމީނާ ދެކޮޅު ތަފާތު ޝުއޫރުތައް ލިޔެފައި ހުއްޓެވެ.
އެނގިފައިވާ ގޮތުގައި އެ ގްރޫޕްގައި އިސްކޮށް ހުންނެވީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީމެވެ. ޔާމީންގެ ގެކޮޅުގެ ކުރިމައްޗަށް އެއްވެ، އޭނާ ވަނީ އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.
އެ އެއްވުމުގައި ތިބި ގިނަ މީހުންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް، ސިޔާސީ ގޮތުން އެންމެ ބާރުގަދަ ދުވަސްވަރު އެ މަނިކުފާނުގެ އަރިސް މީހުންގެ ގޮތުގައި ފެނުނު ބައެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ގޮވާލައި އެމަނިކުފާނުގެ ގޭކޮޅު ކުރިމައްޗަށް އެއްވި ގްރޫޕް އަޑުއުފުލަމުން މާލެ ވަށައި ޕިކަޕް ބުރު ޖަހަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މީހުން ގޮވަމުން ދިޔައީ ނަފްރަތު އުފެދޭ ގޮތަށް ކަންކަން ނުކުރުމަށާއި ގައުމުތަކާ އެކު ރާއްޖެއިން ގާއިމުކޮށްފައި އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އިދިކޮޅު އަމަލުކުރަމުން ދާތީ، އެ ކަންތައްތައް ހުއްޓާލުމަށެވެ. އަދި ޔާމީން އަލުން ޖަލަށް ފޮނުވާލުމަށް ވެސް އެމީހުން ގޮވި އެވެ.
އެ އެއްވުން ކުރިއަށް ދިޔަ ވަގުތުގައި އެ ގްރޫޕާއި އެ ތަނަށް ދިޔަ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރުންނާއި ޔާމީންގެ ސަޕޯޓަރުންނާ ދެމެދުގައި ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. ޔާމީންގެ ސަޕޯޓަރުން ގިނަވާން ފެށުމުން އެ ގުރޫޕް އެތަނުން ދިޔައިރު، ޕިކަޕުގައި މާލެ ވަށައި ބުރުޖަހަމުން ވެސް ޔާމީނާ ދެކޮޅަށް އަޑުއުފުލި އެވެ.
އެ އެއްވުން ނިމުނު ފަހުން ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މެމްބަރުން ތުހުމަތުކުރި ގޮތުގައި، އެއީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އިންޑިއާގެ ހައި ކޮމިޝަނުން ފައިސާ ދީގެން ފޮނުވި ބައެކެވެ.
އިދިކޮޅުގެ މުޒާހަރާއިން މެމްބަރު ސައީދު ހައްޔަރުކޮށްފި
އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާކުރަނީ
އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި
އިންޑިއާއާ ދެކޮޅު ހަރަކާތް އިދިކޮޅުން މަޑުޖައްސާލައިފި
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ޔާމީން މިނިވަން ކުރަން ގޮވާލައި ހިނގާލުމެއް ބާއްވައިފި
ޔާމީން ވެސް މުޒާހަރާގައި ބައިވެރިވެވަޑައިގެންފި
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް