26 އެޕްރީލް 2022
އިންޑިއާގެ ކްރިކެޓް ތަރި ސަޗިން ޓެޑްނުލްކަރުގެ އަންހެން ދަރިފުޅު ސާރާ، ބޮލީވުޑްގައި މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ކްރިކެޓް ތަރި ސަޗިން ޓެޑްނުލްކަރުގެ އަންހެން ދަރިފުޅު ސާރާ، ބޮލީވުޑްގައި މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްލައިފުން ރިޕޯޓްކުރި ގޮތުގައި އުމުރުން 24 އަހަރުގެ ސާރާ އަކީ ފިލްމީ މަސައްކަތައް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެހެންވެ އެ ދާއިރާ އަށް ނިކުތުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށްވެ އެވެ.
ސާރާ އަކީ ލަންޑަނުގެ ޔުނިވާސިޓީއަކުން މެޑިސިން ކިޔަވައިގެން ހުރި ޒުވާނެކެވެ. ފިލްމީ ދާއިރާ އަށް ތައާރަފު ނުވިޔަސް، މިހާރު ވެސް އިންސްޓަގްރާމްގައި އޭނާގެ 1.8 މިލިއަން ފޮލޯވާސް ތިބެ އެވެ.
ވަރަށް ފަހުން އޭނާ ވަނީ އިންޓަނޭޝަނަލް ކްލޯތިން ބްރޭންޑެއްގެ އިޝްތިހާރަކުން ވެސް ފެނިފަ އެވެ.
އެކްޓިން އަށް ޝައުގުވެރިކަން އުފެދުމުގެ ސަބަބުން ސާރާ ވަނީ އެކްޓިން ލެސަންތަކެއް ވެސް ނަގައިފަ އެވެ. އެއީ އޭނާ ކުޅުނު އިޝްތިހާރަށް ތައްޔާރުވުމުގެ ގޮތުން ކަމަށްވެ އެވެ.
މާބޮޑަށް ނޫސްތަކުގެ ފަލަ ސުރުހީ އިން އޭނާ އަށް ޖާގަ ނުލިބުނު ނަމަވެސް، އޭނާގެ އެކްޓިން ހުނަރާ އެކު އެންމެން ސިއްސުވާލަފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސާރާއަކީ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށާއި އޭނާ ކޮންމެ ނިންމުމެއް ނިންމިޔަސް، އެކަމަށް އޭނާގެ މައިންބަފައިން ތާއީދުކުރާނެ ކަމަށް ވެސް ބުންޏެވެ.
ސާރާ މޮޑެލްކުރަން ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެެ.
އަންޖަލީ އާއި ސަޗިންނަށް ލިބިފައިވާ އެންމެ ދޮށީ ދަރިފުޅު ސާރާ، ކިޔެވީ އިންޑިއާ އިންނެވެ. ކިޔެވުން ނިންމާލި ގޮތަށް ލަންޑަނަށް ދިޔައީ މެޑިސިން ކިޔަވާށެެވެ.
ސާރާއަށް ފަހު ސަަޗިންނަށް ދެން ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނާ ޝައުގުވެރިކަން ހުރީ ބައްޕައެކޭ އެއްގޮތަށް ކްރިކެޓުން ކުރިއަށް ދާށެވެ.
ބޮލީވުޑްގެ ފަންނާނުންތަކެއް ގެވެށިއަނިޔާއާ ދެކޮޅަށް
ސަޗިން އަ ބިލިއަން ޑްރީމްސް: ވަރަށް ހިނގާ
ސަޗިން ފިލްމު ޕްރެމިއާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން
ސަޗިން ބޭނުމީ އޭނާގެ ރޯލު އާމިރު ޚާން ލައްވާ ކުޅުވަން
ސަޗިންގެ "އަ ބިލިއަން ޑްރީމްސް" ގެ ޓްރެއިލާ ނެރެފި
ނިއުޔޯކް ޓައިމްސް އަށް ލަތާ މަންގޭޝްކަރެއް ނޭނގުނު
ޝްރައްދާ އާއި އަދިތުޔަ އެކުގައި 3ވަނަ ފިލްމެއް ކުޅެނީ
ސިނގިރޭޓް ބުއިން ހުއްޓާލާނަން: އާމިރް
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި