24 އެޕްރީލް 2022
މިލާން (އޭޕްރީލް 23) - ސެން ސީރޯ ސްޓޭޑިއަމްގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އިޓާލިއަން ސެރީ އޭގެ އެއްވަނައަށް ޖެހިލައިފި އެވެ.
މިލާން (އޭޕްރީލް 23) - ސެން ސީރޯ ސްޓޭޑިއަމްގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އިޓާލިއަން ސެރީ އޭގެ އެއްވަނައަށް ޖެހިލައިފި އެވެ.
އިންޓަ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް އޭސީ މިލާނަށް ވުރެ އެންމެ ޕޮއިންޓަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު އިންޓަ ވަނީ 72 ޕޮއިންޓް ހޯދައިފަ އެވެ. އޭސީ މިލާނަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ.
އެންމެ ފަހުން އިންޓަ މިލާނުން ވިދިވިދިގެން ދެފަހަރު ލީގު ކާމިޔާބުކުރިއިރު އެޓީމުގެ ކޯޗަކަށް ހުރީ ހޯސޭ މޮރީނިއޯ އެވެ. ނަމަވެސް އެޓީމުން ރޭ ވަނީ މޮރީނިއޯ މިހާރު ކޯޗު ކޮށްދޭ ރޯމާ ބަލިކޮށް، ލީގު ދިފާއުކުރުމުގެ އުންމީދު ދަމަހައްޓައިފަ އެވެ. މީގެ ކުރިން އިންޓަ އިން ވަނީ މި ސީޒަނުގައި މޮރީނިއޯގެ ރޯމާ ދެ ފަހަރުމަތިން ބަލި ކޮށްފަ އެވެ.
ހޯސޭ މޮރީނިއޯ މިރޭގެ މެޗުގައި.-- ފޮޓޯ: އޭއެފްޕީ
އިންޓަ މިލާނުން ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން ހަކަން ކަލްހަނޮގްލޫ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ރޯމާގެ ކީޕަރު ރުއީ ޕެޓްރީސިއޯ ދިފާއު ކުރިއިރު ރޯމާގެ ޑިފެންޑަރު ޖިއާންލޫކާ މަންޗިނީ އަށް ލީޑު ނަގަން ލިބުނު ފުރުސަތުގައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އިންޓަގެ ފަހަތުން އުފެއްދި އަވަސް ކައުންޓާއެއްގައި އެ ޓީމުގެ ފުރަތަމަ ލަނޑު 30 ވަނަ މިނިޓުގައި ޖަހައިދިނީ ފުލްބެކް ޑެންޒެލް ޑަމްފްރީސް އެވެ. އަދި އޭގެ 10 މިނިޓް ފަހުން މާސެލޯ ބްރޯޒޮވިޗް އަތުން ބޯޅަ ހޯދަން ރޯމާގެ އޭރިއާ ތެރޭގައި ތިން ކުޅުންތެރިން މަސައްކަތް ކުރަނިކޮށް ހަނި އޭންގަލުން އޭނާ ވަނީ ދުރުން މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އިންޓަގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.
މެޗުގެ 53 ވަނަ މިނިޓުގައި ކަލްހަނޮގްލޫ ނެގި ކޯނަރަކުން އިންޓަގެ ތިންވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. ރޯމާގެ ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހެންރިކް މިކިތާރިއަން އެވެ.
މި ނަތީޖާއާ އެކު ރޯމާ އޮތީ ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓް ފަހަތުގަ އެވެ. މި މެޗުގެ ކުރިން ރޯމާ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ.
އިންޓަ އިން ރޯމްގައި މޮރީނިއޯގެ ރޯމާ ބަލިކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް
ރޯމާއިން އިންޓަ ބަލިކޮށްފި، މިލާނަށް ވެސް މޮޅެއް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ރެފްރީއާ ދިމާކޮށްގެން މޮރީނިއޯ ދެމެޗަށް ސަސްޕެންޑްކޮށްފި
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި