22 އެޕްރީލް 2022
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ފިލްމު "ރެބެލް މޫން"ގެ ޝޫޓިން ފަށައިފި އެވެ.
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ފިލްމު "ރެބެލް މޫން"ގެ ޝޫޓިން ފަށައިފި އެވެ.
ނެޓްފްލިކްސް އާ ގުޅިގެން ސައިންސް ފިކްޝަން ބޮޑު ފިލްމެއް ފަށާނެ ކަމަށް ސްނައިޑާ އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގަ އެވެ. އެއަށްފަ ހު އެ ޕްރޮޖެކްޓަކީ "ރެބެލް މޫން" ކަމަށް އިއުލާނު ކުރީ މި އަހަރު ކުރީކޮޅުގަ އެވެ.
އޭގެ ފަހުން އެ ފިލްމާ ގުޅޭ އެކި މައުލޫމާތުތައް އޭނާ އައީ ހިއްސާކުރަމުންނެވެ. އެ ފިލްމުގެ ޝޫޓިން މިދިޔަ ބުދަ ދުވަހު ފެށިއިރު، އެ ފިލްމުގެ ފަސްޓް ލުކް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
Day 1 #RebelMoon. It’s begun. pic.twitter.com/1j1RDmYYTM
— Zack Snyder (@ZackSnyder) April 19, 2022
އެ ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވިޔަސް، އަންނަ އަހަރު އެ ފިލްމު ބެލުންތެރިންނަށް ފެންނާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
ޝޫޓިން އަދި ކިރިޔާ ފެށިޔަސް "ރެބެލް މޫން"ގެ ޕްރޮޖެކްޓަށް ސްނައިޑާ މަސައްކަތް ކުރަމުން އަންނަތާ 10 އަހަރު ވެއްޖެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައި ވަނީ މަޝްހޫރު ފްރެންޗައިޒް "ސްޓާ ވޯސް"ގެ ސީރީޒް އެއްގެ ގޮތުގަ އެވެ.
ސްނައިޑާ ބޭނުންވީ "ރެބެލް މޫން"އާ އެކު، ސްޓާ ވޯސް އިތުރަށް "ޑާކް" ތީމަކަށް ބަދަލުކުރާށެވެ. ނަމަވެސް، އެ ޕްރޮޖެކްޓް ކެންސަލްކޮށްލުމުން ސްނައިޑާ ވާހަކަ ބަދަލުކުރީ މުޅިން އާ ފިލްމެއްގެ ގޮތުގަ އެވެ.
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
ބެޓްމޭންގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި
128މިލިއަން ހޯދައި ބެޓްމޭންގެ ފެށުން ވަރުގަދަކޮށްފި
ޑީސީގެ ގިނަ ފިލްމުތަކެއް ހަދަން ސްނައިޑާ ބޭނުން
ދެން އޮތީ "ވޮންޑަ ވުމަން 3"
"ވޮންޑަ ވުމަން 1984" އެޗްބީއޯ މެކްސް އަށް
"ސުއިސައިޑް ސްކޮޑް 2" ގެ ކާސްޓަށް ސްޓެލޯން
"ވޮންޑަ ވުމަން 1984" މިހާރު ޑިސެމްބަރަށް
"ބެޓްމޭން" ގެ ގޮތުގައި ޕެޓިންސަން ދައްކާލައިފި
"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ފަސްކޮށްފި