Roadha Mihaaru
މާލޭގައި ގަރާޖެއްގައި ރޯވެެއްޖެ

މާލޭގައި ގަރާޖެއްގައި ރޯވެެއްޖެ

21 އެޕްރީލް 2022

މާލޭގައި ގަރާޖެއްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލޭގައި ގަރާޖެއްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ރޯވީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އަލިފާނުގެ ރިޕޯޓް ލިބުނީ 4:26 ގަ އެވެ. އަދި 4:53 ގައި އަލިފާން ނިއްވާލާފައިވާއިރު، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސިފައިން ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނާގޮޮތުގައި އަލިފާންގަނޑު ރޯވީ ގަދައަޑަކާއެކު އެވެ.

އެ ގަރާޖަށް މަރާމާތުކުރަން ގެންގޮސްފައި ހުރި އެކި މީސްމީހުންގެ ސައިކަލްތައް ވެސް ވަނީ އަނދައި ހުލިވެފަ އެވެ.

ރަށްދެބައިމަގުގައި ހުންނަ ގަރާޖަށް މަރާމާތު ކުރަން ގެންދިޔަ ސައިކަލްތަކެއް ވެސް ވަނީ އަނދާފައި.

ރަށްދެބައިމަގުގައި ހުންނަ ގަރާޖަށް މަރާމާތު ކުރަން ގެންދިޔަ ސައިކަލްތަކެއް ވެސް ވަނީ އަނދާފައި.

ގަރާޖުގެ ވެރިމީހާ ބުނީ، އޭނާ އާދައިގެ މަތިން އަސުރު ނަމާދުން ފައިބައިގެން އެ ތަނަށް ދިޔައިރު، ސައިކަލެއްގައި ރޯވެގެން ނެރޭ މަންޒަރު ފެނުނު ކަމަށެވެ.

"ހަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ހިފައިފި. ނަމަވެސް ތަން ހުންނާނީ އިންޝުއާ ކޮށްފައި،" ހިންގާތާ ތިން އަހަރު ވެފައިވާ ގަރާޖުގެ ވެރިމީހާ ބުންޏެވެ.

އާންމުވެފައިވާ ވީޑިޯއަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ގަރާޖުން ބޭރަށް ވަރަށް ބޮޑަށް ފެތުރި، ކައިރީގައި ހުރި އެހެން ސައިކަލްތަކުގައި ވެސް ރޯވި އެވެ.

ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔާމަނުން ހަރަކާތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔާމަނުން ހަރަކާތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

ގަރާޖު ހިންގާ ގޭގެ ވެރިފަރާތް މުހައްމަދު އަނިލް ބުނީ، ރޯވީ 1،300 އަކަފޫޓުގެ ބިންކޮޅެއް އޮންނަ ބައިގައި ކަމަށާއި އެއީ ޕްލައިވުޑް ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަނެއް ކަމަށެވެ.

"މަތީގައި އުޅޭނީ ގަރާޖުގައި މަސައްކަތްކުރާ މީހުން،" އޭނާ ބުންޏެވެ.