Roadha Mihaaru
ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބަހަކުން ޖެހިއްޖެ

މާލޭގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބަހަކުން ޖެހިގެން ފަރުވާދެނީ

15 އެޕްރީލް 2022

މާލޭގައި އަމީނީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގައި، އެ މީހާ އަށް ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި އަމީނީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގައި، އެ މީހާ އަށް ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ އިރުއޮއްސޭހާކަށްހާ އިރު އެ އެކްސިޑެންޓް ހިނގީ އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ކައިރީގައި ކަމަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ކުރީގެ ވެސްޓް ޕާކު ސަރަހައްދުގައި ހުންނަ ބަސް ސްޓޮޕަށް ދިއުމަށް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ބަސްތައް އަމީނީމަގަށް ނުކުންނަ ކަންމައްޗެވެ.

އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަން ފިޔަވައި، އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ބަހުން ޖެހިގެން މީގެ ކުރިން ބޮޑެތި އެކްސިޑެންޓް ވެސް ހިނގާފައިވެ އެވެ. ހުޅުމާލޭގައި 2019 ވަނަ އަހަރު މަގުމަތިން ހިނގާފައި ދިޔަ ޔުކްރެއިންގެ އަންހެނެއްގެ ގައިގައި ބަހަކުން ޖެހި ހިނގި އެކްސިޑެންޓްގައި އެ މީހާ މަރުވެފައިވެ އެވެ.