11 އެޕްރީލް 2022
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ފެޝަން ޑިޒައިނާ ވިކްޓޯރިއާ ބެކަމްގެ ދޮށީ ދަރިފުޅު ބްރުކްލިން ބެކަމް މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ފެޝަން ޑިޒައިނާ ވިކްޓޯރިއާ ބެކަމްގެ ދޮށީ ދަރިފުޅު ބްރުކްލިން ބެކަމް މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.
ބްރުކްލިން ކައިވެނިކުރީ، އޭނާ 2019 ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅޭ ނިކޮލާ ޕެލްޓްސްއާ އެވެ. ނިކޮލާ އަކީ މަޝްހޫރު ބިލިއަނަރު ނެލްސަން ޕެލްޓްސްގެ ދަރިއެކެވެ. އާންމުންނަށް ނިކޮލާ ޕެލްޓްސް އެނގެނީ އެކްޓަރެއްގެ ގޮތުގަ އެވެ.
ބްރުކްލިން އާއި ނިކޮލާ އެންގޭޖުވި ވާހަކަ އިއުލާންކުރުމަށް ފަހު ވަރަށް އަވަހަށް އިންނާނެ ކަމަށް އެ ދެ މީހުން ހާމަކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެއަށް ފަހު، އަގުބޮޑު އިވެންޓަކާ އެކު ދެމީހުންގެ ކައިވެނީގެ ހަފުލާ ކުރިއަށް ގެންގޮސްފައި ވަނީ ޑޭވިޑް އާއި ވިކްޓޯރިއާ ދެމަފިރިންގެ 100 މިލިއަން ޑޮލަރުގެ އަގުހުރި އެސްޓޭޓުގަ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ އަށް ހަތަރު މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ކައިވެނީގެ ހަފުލާގައި ނިކޮލާ ލައިގެން ހުރި ގައުން ހެޔޮވަރު ކުރުމަށް އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި ޕެރިސް އަށް ވެސް ގޮސްފަ އެވެ. އެ ގައުންގެ އަގު ވެސް އެއް މިލިއަން ޑޮލަރާ ގާތްކުރާ ކަމަށްވެ އެވެ.
ދެ މީހުންގެ ކައިވެނީގެ ހަފުލާގައި 300 ގެސްޓުން ބައިވެރިވި އިރު، އެ ހަފުލާގައި އިނގިރޭސިވިލާތާއި އެމެރިކާގެ މަޝްހޫރު ގިނަ ތަރިނެއް ބައިވެރިވި އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫނޯ މާސް ވަނީ އެ ހަފުލާގައި ލަވަ ވެސް ކިޔައިފަ އެވެ.
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ލާނާ ޑެލް ރޭ ކައިވެނިކޮށްފި
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި
ކޯޓްނީ އާއި ޓްރޭވިސް ކައިވެނިކުރީތަ؟
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް