06 އެޕްރީލް 2022
ބޮލީވުޑްގެ ޒުވާން ޖޯޑު، ތާރާ ސުތާރިއާ އާއި އާދަރު ޖެއިން ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްގެ ޒުވާން ޖޯޑު، ތާރާ ސުތާރިއާ އާއި އާދަރު ޖެއިން ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ތާރާ އާއި އާދަރު ރާއްޖެ އައިސް، އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭޑަބްލިއު، މެރިއޮޓް ރިސޯޓުގަ އެވެ.
ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ރީތި ފޮޓޯތައް "ސްޓޫޑަންޓް އޮފް ދަ އިޔާ" ދެއަކުން ބޮލީވުޑަށް ނިކުތް، ތާރާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ހަތް މިލިއަން ފޮލޯވާސް އަށް ހިއްސާކޮށްފަ އެވެ. އަދި އިންސްޓާގައި، އެމީހުން އުޅޭ ނޫޅޭގޮތާއި ކާއެއްޗެހީގެ ފޮޓޯތައް ވެސް ހިއްސާކުރެ އެވެ.
ކަޕޫރް އާއިލާ އަށް ނިސްބަތްވާ، އާދަރަކީ ރީމާ ކަޕޫރްގެ ފިރިހެން ދަރިފުޅެވެ. އޭނާ ވެސް ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.
ވަކިވަކިން ދެމީހުން ފޮޓޯތައް ހިއްސާކުރިޔަސް، އެކުގައި ނަގާފައިވާ އެންމެ ފޮޓޯއެއް ވެސް އާންމެއް ނުކުރެ އެވެ. އެކަމަކު ދެ މީހުން ފެންނަނީ އެއް ކުލައަކުން ހެދުން ލައިގެން އުޅޭ ތަނެވެ.
އެ ދެ ތަރިން ވަނީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފަ އެވެ.
އުމުރުން 26 އަހަރުގެ ތާރާގެ ކުރިއަށް އޮތް މަސައްކަތަކީ "ހީރޯޕަންތީ 2"އެކެވެ. އެއީ ޓައިގާ ޝްރޮފާއި ކްރިތީ ސެނޯން އެކުގައި ކުޅުނު "ހީރޯޕަންތީ" ގެ ދެވަނަ ބައެވެ. އެ ފިލްމު ނެރޭނީ މި މަހުގެ 29 ގަ އެވެ. އޭގެ އިތުރުން އޭކް ވިލަންގެ ދެވަނަ ބައިން ވެސް ތާރާ ފެންނާނެ އެވެ.
އާދަރު ވެސް ވަނީ ބޮލީވުޑްގެ މަދު ފިލްމުތަކަކުން ފެނިފަ އެވެ.
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ޝާހިދުގެ އަންހެނުންގެ ސޯޓް ކުރުވެގެން މައްސަލައަކަށް
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި
ބޮލީވުޑް ތަރިން ރާއްޖެ އަންނާތީ އިންޑިއާގައި ބަހުސެއް
ރާއްޖެއިން ސޯނަމްގެ ހިތް އަތުލައިފި
ޕަރިނީތީ ހަނީމޫނަށް ނުގޮސް ރާއްޖެ އަތުވެއްޖެ
ކެޓްރީނާ އިޝްތިހާރެއް ކުޅެން ރާއްޖޭގައި
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން