Roadha Mihaaru
ޝާހިދުގެ އަންހެނުންގެ ސޯޓް ކުރުވެގެން މައްސަލައަކަށް

ރާއްޖެއިން ފުރިއިރު ޝާހިދުގެ އަންހެނުންގެ ސޯޓް ކުރުވުމުން މައްސަލައަކަށް

24 އޮކްޓޯބަރ 2021

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތާއި ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ އެނބުރި މުމްބާއީ އަށް ދިޔަ އިރު މީރާ މާ ކުރު ސޯޓެއް ލައިގެން އިން ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތާއި ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ އެނބުރި މުމްބާއީ އަށް ދިޔަ އިރު މީރާ މާ ކުރު ސޯޓެއް ލައިގެން އިން ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އެ ވީޑިއޯގައި އެ މީހުން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަ މަންޒަރު ފެންނަ އިރު މީރާ ހުރީ ކަޅު ކުލައިގެ ހުޑީ ޓީޝާޓަކާ އެކު ވަރަށް ކުރު ސޯޓެއް ލައިގެންނެވެ. ޝާހިދު ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެންނެވެ. އަދި ދެ ކުދިން ތިބީ ޓީޝާޓާއި ހަރުވާޅުގަ އެވެ.

ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޝާހިދާއި ކުދިން ވެސް ވަރަށް ބޮޑަށް ނިވާކޮށް ތިބި އިރު މީރާ މާ ނިވާކަން ކުޑަކޮށް ހުރުމުންނެވެ. ވީޑިއޯ އަށް ކޮމެންޓްކުރި އެތައް ބަޔަކު ވަނީ ދަރިން ނިވާ ކޮށްފައި މަންމަ ހުރީ މުޅިން "ބަރަހަނާވެފައި" ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

ބައެއް މީހުން ބުނީ ހުޅަނގުގެ ސްޓައިލް ކޮޕީކުރަން އުޅުނަސް މިއީ ތަންކޮޅެއް ބޮޑުވަރު ކަމަށާއި އެއާޕޯޓް ކަހަލަ އަބަދު ގިނަ ބަޔަކު ހޭލަމޭލަވާ ތަނެއްގައި މީރާ ލައިގެން އުޅުނު ސޯޓަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ދަރިން ލިބި، އެ ދަރިން ބޮޑެތިވަމުން އަންނަ އިރު އެ ކުދިންގެ ކުރިމަތީގައި ނަމޫނާ ނުދެއްކޭ ނަމަ މީރާމެން ފަދަ މައިންނަކީ މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓުމަށް ހިތްވަރުދޭ ބައެކެވެ.

ޝާހިދާއި މީރާ ސޮނެވާފުށީގައި ހޭދަކުރި ޗުއްޓީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ދެ މީހުންގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ. ފިލްމީ އެއްވެސް ކަމަކާ ގުޅުމެއް ނެތް މީރާ، 27، އާއި ޝާހިދު، 40، ކައިވެނިކުރީ 2015 ގަ އެވެ. އެއާ އެކު މީރާ ވެފައި ވަނީ މަޝްހޫރު ސެލެބްރިޓީއަކަށެވެ. ޝާހިދާ ކައިވެނިކުރި ފަހުން މީރާ އަށް ތަފާތު ބްރޭންޑްތައް އިޝްތިހާރު ކޮށްދޭން ފުރުސަތު ލިބި، އެ އެއްޗެހީގެ ބޭނުން ހިފަ އެވެ.