Roadha Mihaaru
އެންޒީ ރޯދަ ޕްރޮމޯޝަނުން ކޮންމެ ހަފުތާއަކު 5،000ރ

އެންޒީ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވެގެން ކޮންމެ ހަފުތާއަކު 5،000ރ. ހޯދޭނެ

02 އެޕްރީލް 2022

ރޯދަމަހާ ދިމާކޮށް "އެންމެ ގާތުން" ގެ ނަމުގައި އެންޒީ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރޯދަމަހާ ދިމާކޮށް "އެންމެ ގާތުން" ގެ ނަމުގައި އެންޒީ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެ ކުންފުނިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެންޒީ ފިހާރަ އިން 200ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން، ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުލުމުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ހަފުތާއަކު ހޮވާ ދެ ނަސީބުވެރިންނަށް 5،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

މި ޕްރޮމޯޝަން އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

އެންޒީގެ ފިހާރަތަކުން އެ ކުންފުނީގެ އުފެއްދުންތަކުގެ އިތުރުން ބޭރުގެ ބައެއް އުފެއްދުންތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަހާއި މަހުގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

އެންޒީން މިދިޔަ އަހަރުގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ "އެންޒީ ރޯދަ މަސް ތިޔަބޭފުޅުންގެ އަރިހުގަ" މި ނަމުގަ އެވެ. އެ ޕްރޮމޯޝަންގައި ވެސް ފައިސާގެ އިނާމުތައް ކޮންމެ ހަފުތާއަކު ދެ ކަސްޓަމަރުންނަށް ދީފައިވެ އެވެ.