Roadha Mihaaru
ކުޅިވަރުގެ ހިދުމަތަށް ޝުކުރު ހައްގެއް ނޫން: މަރްޒޫގް

ކުޅިވަރުގެ ހިދުމަތަށް ޝުކުރާއި ސަނާ ހައްގެއް ނޫން: މަރްޒޫގް

01 އެޕްރީލް 2022

ކުޅިވަރަށް ހިދުމަތްކުރަން މަގާމަކާ ހަވާލުވުމަށް ފަހު، އެމަގާމެއްގައި ކުރަން ޖެހޭ މަސައްކަތްކޮށްގެން، ސުކުރާއި ސަނާ ހައްގުނުވާ ކަމަށް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނަރަލް ސެކެރެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެ އެވެ.

ކުޅިވަރަށް ހިދުމަތްކުރަން މަގާމަކާ ހަވާލުވުމަށް ފަހު، އެމަގާމެއްގައި ކުރަން ޖެހޭ މަސައްކަތްކޮށްގެން، ސުކުރާއި ސަނާ ހައްގުނުވާ ކަމަށް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނަރަލް ސެކެރެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެރެޓްރީކަން 12 އަހަރުވަންދެން ކުރެއްވި މަރުޒޫގް ވިދާޅުވި ގޮތުގައި އޭނާ އަދާކުރެއްވީ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތަކެވެ. އެތުލީޓުންނާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓަރުންނާއި ޓްރޭނިން ފުރުސަތާއި ސްކޮލާޝިޕް ހޯދައިދިނުމަށް މަރުޒޫގްގެ ވަނީ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ކިޔެވުމުގެ ފުރުސަތު ލިބުނު ފަރާތްތަކުން ކޯސް ނިނުމަށް ފަހު އޭނާ އަށް ޝުކުރު އަދާކޮށް ސަނާ ކިޔާކަން ފާހަގަކޮށް މަރުޒޫގް ވިދާޅުވީ ވޭތުވެދިޔަ ހަތަރު މަސް ދުވަހު އެފަދަ ޕޯސްޓްތައް ސޯޝަލް މީޑިއާއިން ވެސް އޭނާ އަށް ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑު އަދާކުރީ އަޅުގަނޑު އެމަގާމަށް އިންތިހާބު ކުރި ފަރާތްތަކުން އަޅުގަނޑާ ހަވާލު ކުރި މަސައްކަތެއް،" އޮލިމްޕިކް ކޮމިޓީ އަށް އިންތިހާބަކުން ވަޑައިގެންނެވި އެންމެ ފުރަތަމަ އަދި އެންމެ ފަހު ޖެނަރަލް ސެކެރެޓްރީ މަރުޒޫގް ވިދާޅުވި އެވެ.

މަރޒޫގްގެ މަންމަ ހަދީޖާ ނިޝްރީން އެވޯޑާ ހަވާލު ވަނީ: އެއެވޯޑަކީ އޭނާގެ ދަރިފުޅަށް އޮލިމްޕިކް ކޮމިޓީން އެރުވި ސްޕޯޓްސް ރިކޮގޮނިޝަން އެވޯޑް --- ފޮޓޯ: އެމްއޯސީ

މަރޒޫގްގެ މަންމަ ހަދީޖާ ނިޝްރީން އެވޯޑާ ހަވާލު ވަނީ: އެއެވޯޑަކީ އޭނާގެ ދަރިފުޅަށް އޮލިމްޕިކް ކޮމިޓީން އެރުވި ސްޕޯޓްސް ރިކޮގޮނިޝަން އެވޯޑް --- ފޮޓޯ: އެމްއޯސީ

"އެކަމުގައި ޝުކުރުއަދާ ކުރަން ޖެހޭނީ އަޅުގަނޑު މަގާމަށް އިންތިހާބު ކުރި މީހުންނަށް. އަދި އަޅުގަނޑާ މަސްއޫލިއްޔަތުތައް ހަވާލުކުރި މީހުންނަށް. އަޅުގަނޑު ބެލީ އަޅުގަނޑާ ހަވާލުކުރެވުނު މަސައްކަތް ވީއެންމެ ރަނގަޅަކަށް އަދާކުރެވޭތޯ. ތިންދައުރަށް އިންތިހާބު ކޮށް ހަވާލުކުރީ އޮލިމްޕިކް ކޮމެޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެކްސްކޯ ނިންމާ ނިންނުމުން ތަންފީޒްކޮށް ދިވެހި ކުޅިވަރަށް ހިދިމަތް ކުރުމަށް."

އޭނާ ވިދާޅުވީ ވަޒީފާގެ ޒިންމާ އަދާކޮށްގެން ސަނާ ކިޔުމުގެ ސަގާފަތް ދޫކޮށްލަންޖެހޭ ކަމަށެވެ، އޭނާ ކުރި މަސައްކަތަށް ސަނާ ކިއުމަކީ ވަޒީފާ އަދާކޮށްގެން ކިޔާ ސަނާއެއް ކަމަށް މަރުޒޫގް ސިފަ ކުރެއްވި އެވެ.

"ހަވާލުވެފައިވާ ވަޒީފާގެ ޒިންމާ އަދާކުރުމުން ސަނާކިއުން މިގައުމުގައި ހުއްޓާލަން ޖެހޭ." ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޖެނަރަލް ސެކެރެޓްރީކަން ވެސް ކުރިން އަދާކުރެއްވި މަރުޒޫގް ވިދާލުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މިވަގުތު ކުޅިވަރުގެ އެއްވެސް މަގާމެއްގައި މަސައްކަތެއް ނުކުރައްވަ އެވެ. ދާދިފަހަކުން އޭނާ އަށް ވަނީ އޭނާގެ ފުރުތަމަ ދަރިފުޅު ލިބިވަޑައިގެންފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ބައްދަލުވުމުގައި، އޮލިމްޕިކް ކޮމިޓީގައި މަރުޒޫގް އަދާކުރެއްވި ހިދުމަތަށް އޭނާ އަށް ވަނީ ރިކޮގޮނިޝަން އެވޯޑް އަރުވާފަ އެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑް ލިބިވަޑައިގެންނެވި މަރުޒޫގްގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ރިކޮގޮނިޝަން އެވޯޑާ ހަވާލުވީ މަންމަ، ހަދީޖާ ނިޝްރީން އެވެ.