Roadha Mihaaru
ދާންދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ދާންދޫ ބަނދަރުގެ މަސައްކަތް ފަށައިފި

31 މާޗް 2022

ގއ. ދާންދޫ ބަނދަރުގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފަށައިފި އެވެ.

ގއ. ދާންދޫ ބަނދަރުގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް 70.8 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން 52،9099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 4،953 ކިއުބިކް މީަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރާނެ އެވެ. އަދި ބޭރު ތޮށްޓާއި އެއްގަމު ތޮށިލުމާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގައި ރިވެޓްމަންޓު ޖަހައި ޕޭވްމަންޓު ވެސް އެމްޓީސީސީން ހަދާނެ އެވެ.

ދާންދޫ ބަނދަރުގެ ހުރިހާ މަސައްކަތެއް 485 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހެ އެވެ.