Roadha Mihaaru
ފެމިލީ ކޯޓުގެ އިސް ގާޒީކަން ހުޒައިފާ އަށް

ފެމިލީ ކޯޓުގެ އިސް ގާޒީކަން ހުޒައިފާ އަށް

30 މާޗް 2022

ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

މިއީ މާލޭގެ ސުޕީރިއާ ކޯޓެއްގެ އިސް ގާޒީ ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ގާޒީ ހުޒައިފާ އިސް ގާޒީ ކަމަށް އައްޔަންކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

ގާޒީ ހުޒައިފާއަކީ 2007 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ގާޒީއެކެވެ.

އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އޭނާއާ އެކު އޭރު ފަނޑިޔާރު ކަމަށް ދެން އައްޔަން ކުރެއްވި އަންހެން ބޭފުޅަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އޭރު އައްޔަންކުރީ ސިވިލް ކޯޓަށެވެ.