27 މާޗް 2022
މި ވެރިކަމާ އެކު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް ޅ. ކުރެންދޫގެ މުހިއްމު ގޮނޑިއެއް އެމްޑީޕީ އަށް ގެއްލި، އެ ޕާޓީގެ މައްޗަށް އިދިކޮޅު ޕީޕީއެމް ކުރި ހޯދި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ޕާޓީގެ އިދާރީ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
މި ވެރިކަމާ އެކު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް ޅ. ކުރެންދޫގެ މުހިއްމު ގޮނޑިއެއް އެމްޑީޕީ އަށް ގެއްލި، އެ ޕާޓީގެ މައްޗަށް އިދިކޮޅު ޕީޕީއެމް ކުރި ހޯދި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ޕާޓީގެ އިދާރީ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި ކުރެންދޫން އަޣުލަބިއްޔަތު ދިނީ އެމްޑީޕީއަށެވެ. އޭގެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުވީ އެ ޕާޓީގެ ކެންޑިޑޭޓުންނަށެވެ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.
އެކަމަކު ކުރެންދޫ ކައުންސިލްގެ ރައީސް ހޮވަން އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. ސާފު އަޣުލަބިއްޔަތު ދިފާއުކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ.
އެމްޑީޕީން ވާދަކުރެއްވި އަލީ ނަސީމްގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއިލް މަދީހެވެ. ކައުންސިލްގައި ދެ ދައުރު ކުރިން ވެސް ފުރުއްވާފައިވާ މަދީހު 614 ވޯޓު ހޯއްދެވިއިރު، އަލީ ނަސީމަށް ކާމިޔާބު ކުރެއްވުނީ 564 ވޯޓެވެ.
ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި މަދީހް (ވ) އާއި އަލީ ނަސީމް.
މި ވޯޓުގެ ކުރިން ދެ ޕާޓީގެ އިސް ބޭފުޅުން ވެސް ކުރެންދު އަށް ވަޑައިގެން ތާއީދު ހޯދުމުގެ މަސައްކަތް ކުރެއްވި އެވެ. އެމްޑީޕީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަޑައިގަތެވެ. ޕީޕީއެމްގެ ފަރާތުން ވަޑައިގަތީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
އެމްޑީޕީ އަށް ކުރެންދޫން ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ބެލިބެލުމުގައި އެ ޕާޓީއަށް ގޮނޑި ކާމިޔާބު ކުރެވެ އެވެ. އެކަމަކު ވޯޓުގައި އެހެން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގައި ވޯޓު ލާން ނުކުތް އަދަދު އެހެން ކައުންސިލްތަކާ އަޅާބަލާއިރު ވަރަށް މަދުކަން ފާހަގަކުރެއްވި އެވެ. މާލޭގައި ބަހައްޓާ ފޮށިން އެމްޑީޕީ އަށް ކުރި ހޯދޭ ކަމަށާއި އެކަމަކު މި ފަހަރު އެ ފޮށިން ވެސް ދަށްވި ސަބަބު ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ވޯޓު ލާން ނުކުތް އަދަދު ދަށްވީ ކީއްވެތޯ އާއި މިހެން ދިމާވީ ރަށުގެ ޕޮލިޓިކްސްއާ ހެދިތޯ ނުވަތަ އެއަށް ވުރެން ފުޅާކޮށް ދިޔަ ކަމެއްތޯ ބަލާނެ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވީގޮތާ ގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީ އެކަންކަން ބެލުމަށް ފަހު އެވެ.
ކުރެންދޫގެ އިންތިހާބު ސަރުކާރާއި އެމްޑީޕީއަށް މުހިއްމުވި ކަން އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއުތަކުން ސާފުވި ކަމަށް ބުނެ ފާޑުކިއުން ވެސް އޮތީ އަމާޒުވެފަ އެވެ. ބައި އިލެކްޝަނާ ދިމާކޮށް ތިން މަޝްރޫއެއްގެ މަސައްކަތް ވެސް ފެށި އެވެ. އޭގެތެރޭގައި ބޯފެނުގެ ނިޒާމް ގާއިމްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އެ ރަށުގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް ވެސް ލި އެވެ.
މި ކަން ފާހަގަކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ކުރެންދޫގެ ގޮނޑި ވެސް ކާމިޔާބުވީ ސަރުކާރުން ފޯރުވި ނުފޫޒުގެ ތެރެއިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ފޯރުވި ފަދަ ނުފޫޒެއް ފޯރުވުމުން ވެސް ކުރެންދޫން އެމްޑީޕީއަށް ނޫނެކޭ ބުނެ ދިނީ "އިންޑިއާ އައުޓް" މެސެޖް ކަމަށް ވިދާޅުވި އެވެ.
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!
އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!
ޖަލްސާ ކުރިއަށް ގެންދެވެން ނެތިގެން ހުއްޓާލައިފި
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް
ރުހުން ދިނުމުގެ ޖަލްސާ މެދުކަނޑާލައިފި
ސަރުކާރު ނުހުއްޓުވޭނެ، ބަލިކަށްޓެއް ނުވާނެ: ޕީއެންސީ