15 މާޗް 2022
ޓެކްސީ ސެންޓަރުތަކުން އަމިއްލަ އަށް ކަނޑައެޅި އަގުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައެއް ޑްރައިވަރުން ދަތުރުތައް ކޮށްދޭ މައްސަލާގައި އެޅީ ކޮން ފިޔަވަޅެއް ކަން ސާފުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީން އުޒުރުވެރިވެއްޖެ އެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލަ އަށް ކަނޑައެޅި އަގުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައެއް ޑްރައިވަރުން ދަތުރުތައް ކޮށްދޭ މައްސަލާގައި އެޅީ ކޮން ފިޔަވަޅެއް ކަން ސާފުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީން އުޒުރުވެރިވެއްޖެ އެވެ.
ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ކައިރިކައިރީގައި ބޮޑުވަމުންދާތީ، ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް ޑްރައިވަރުން މިދިޔަ ހަފްތާގައި މިނިސްޓްރީގައި އެދުނު ނަމަވެސް މިހާތަނަށް މިނިސްޓްރީން އެ މީހުންނަށް ވަކި އެއްޗެއް ނާންގަ އެވެ.
އެހެންވެ ސަރުކާރުން އިއުލާން ކޮށްފައިވާ އަގުތަކަށް ޓެކްސީ ސެންޓަރުތަކުން ގޮންޖަހައި، އެ މީހުން ބޭނުން އަގެއް ނަގަމުންދާތާ ހަފްތާއެއްވެފައިވާއިރު އެއްވެސް ޓެކްސީ ސެންޓަރަކަށް ފިޔަވަޅެއް އަޅައިފިތޯ، "މިހާރު" އިން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި މީޑިއާތަކަށް މައުލޫމާތު ދެއްވަން އިސްކޮށް ހުންނެވި ޝިމާޒް އަލީ ގުޅައި މެސެޖް ކުރުމުން ވެސް އެއަށް ޖަވާބެއް ނުދެއްވަ އެވެ.
އަގުބޮޑުކޮށް ދަތުރުތައް ފެށިތާ ތިން ދުވަސް ފަހުން މިދިޔަ އާދިއްޔަ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނުގައި ވެސް ދަތުރުތައް އަގުބޮޑުކޮށް ކުރާތީ އެއްވެސް ޓެކްސީ ސެންޓަރަކާ މެދު އެެޅި ފިޔަވަޅެއް ނެތެވެ. މިނިސްޓްރީން އެ ދުވަހު ވެސް ދިނީ އިންޒާރެކެވެ.
އެ ބަޔާނުގައި ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީ ހިދުމަތް ދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފަ އެވެ. އަދި މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ސެންޓަރުތަކާ މެދު ވެސް ޓެކްސީ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
ޓެކްސީ ހިދުމަތަކީ ރައްޔިތުންނާ ގުޅުން ހުރި އަސާސީ ކަމަކަށް ވާތީ، ހުރިހާ ގައުމެއްގައި ވެސް އެ ހިދުމަތް ރެގިއުލޭޓް ކުރާ ކަމަށާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުކުރުމުގެ އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާ ކަމެއް ބުންޏެވެ.
އަގު ކަނޑައެޅުމަކީ ޓެކްސީގެ ގަވާއިދުން ވެސް ޓެކްސީ ސެންޓަރުތަކަށް ލިބޭ ބާރެއް ނޫން ކަމަށާއި އެއީ މިނިސްޓްރީ އަށް ލިބޭ ބާރެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް - 25ރ.
- މާލެއިން ހުޅުމާލެ އަށް - 100ރ.
- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.
- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.
- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ. - ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120ރ.
މިހާ އަގުބޮޑުކޮށް ދަތުރުތައް ނަގާތީ އާންމުން ދަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ތައާރަފުކޮށް ހައްލެއް ހޯދައިދިނުމަށް އެދެމުންނެވެ.
ނަގަނީ ބޭނުން އަގެއް، ސަރުކާރު އިންޒާރު ދިނުމުގައި!
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި
ޓެކްސީ ޑްރައިވަރުން މިއަދު އިހުތިޖާޖުކުރަނީ މާލޭގައި
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ
ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ޑްރައިވަރުންގެ އިހުތިޖާޖު: ޖަވާބު އަންނަ ހަފުތާގައި
ޓެކްސީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ފަށައިފި
ނަހުލާގެ ބައްދަލުވުމުން ވެސް ޔަގީންކަމެއް ނުލިބުނު!
އަގު މުރާޖައާ ނުކުރާ ނަމަ ޓެކްސީ ދަތުރުތައް ހުއްޓާލަނީ
ދަތުރުތައް ހުއްޓާލައި ޑްރައިވަރުން އިހުތިޖާޖުކޮށްފި