Roadha Mihaaru
އަލީ ހޯދުމުގެ ރެޑް ނޯޓިސް ވެބްސައިޓަކު ނެތް!

އަލީ ވަހީދު ހޯދަން ރެޑް ނޯޓިސްއެއް ނެތް، ފުލުހުންގެ އާ ވާހަކައެއް ވެސް ނެތް!

13 މާޗް 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައި ވިޔަސް އެތަނުގެ ވެބްސައިޓުގައި އެ ނޯޓިސް އާއްމެއް ނުކުރެ އެވެ.

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައި ވިޔަސް އެތަނުގެ ވެބްސައިޓުގައި އެ ނޯޓިސް އާއްމެއް ނުކުރެ އެވެ.

އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ކަަމަށް ފުލުހުން ބުނީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ނޯޓިސް ވެބްސައިޓަކު ނެތެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި އިތުރު ޖަވާބެއް ނެތް ކަމަށެވެ. ކުރިން އާއްމުކޮށްފައިވާ ފަދައިން އޭނާ ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލީ ވަހީދު ހޯދުމުގެ ނޯޓިސް ވެބްސައިޓުގައި ނެތީ، އެނގިފައިވާ ގޮތުގައި، އޭނާ ހުރި ގައުމު އެނގޭތީ އެވެ.

އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރުމުން އޭނާއާ ގައުމުތަކަށް އަރުވަން ދެކޮޅުހަދައި، ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު އެއީ އޭނާ ރާއްޖެ ގެނެވޭނެ ނޯޓިސްއެއް ނޫނެވެ.

ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އޭނާ ދިރިއުޅުއްވާ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް އަދި ނެތެވެ.

މިނިސްޓަރަކަށް ހުންނެވި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.