13 މާޗް 2022
މަރިޔަމް ހަޝްމާ 'ހަޝީ' ހާނިމް އަށް އެންމެ 19 އަހަރެވެ. އުމުރުން ފަސް އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމަ އަށް އޭނާ އެންމެ ފޯރީގައި ކުޅުނީ ޓެނިހެވެ. ގައުމީ ފެންވަރުގައި ޓެނިސް ކުޅުމަށް ފަހު މިހާރު އޭނާ ތައްޔާރުވަމުން ދަނީ ޕާފޯމިން އާޓްސްގެ ދާއިރާއިން ކިޔެވުމުގެ ދަތުރަށެވެ.
މަރިޔަމް ހަޝްމާ 'ހަޝީ' ހާނިމް އަށް އެންމެ 19 އަހަރެވެ. އުމުރުން ފަސް އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމަ އަށް އޭނާ އެންމެ ފޯރީގައި ކުޅުނީ ޓެނިހެވެ. ގައުމީ ފެންވަރުގައި ޓެނިސް ކުޅުމަށް ފަހު މިހާރު އޭނާ ތައްޔާރުވަމުން ދަނީ ޕާފޯމިން އާޓްސްގެ ދާއިރާއިން ކިޔެވުމުގެ ދަތުރަށެވެ.
އެކަމަކު ހަޝީގެ ލައިފުގައި އޭނާ މި ދުވަސްކޮޅު ކުޅެނީ މުޅިން އެހެން ޑްރާމާއެކެވެ. މޭކަޕްކުރުމާއި ޓިކްޓޮކްކުޅުމުގެ މުޅިން އެހެން ލެވެލްއެއްގެ ސިލްސިލާއެކެވެ. ހަޝީ އަމިއްލަ އަށް ޑައިރެކްޓްކޮށް ކޮންމެ ދުވަހަކު ކުލަ ޖައްސަމުން އަންނަ މި ދުނިޔެ އަށް ޝައުގުވެރިނުވުން ވާނީ 'އާޓަށް ނޫނެކޭ' ކަން ޔަގީނެވެ. -- އެހެންވީމަ މިއަދު ހަޝީގެ އާދަޔާހިލާފު މޭކަޕެވެ. މި ޒުވާނާގެ ކެންވަސް އަކީ އޭނާގެ އަމިއްލަ މޫނާއި ހަށިގަނޑެވެ.
"މިގޮތަށް މޭކަޕްކުރަން ފެށީ ހީވަނީ ދެ އަހަރެއް ވަރު ކުރިންހެން. ހަމަ ހޮބީއަކަށް ޓްރައިކޮށްލަންވެގެން ފެށި ކަމެއް މިއީ. ވާގޮތެއް ބަލައިލަން ވެގެން،" ހަޝީ ކިޔައިދިނެވެ.
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
"އެންމެ ފުރަތަމަ މިގޮތަށް ކޮށްލި މޭކަޕް ސޯޝަލް މީޑިއާގައި ޝެއާކޮށްލީމަ ވަރަށް ޕޮޒިޓިވް ފީޑްބެކެއް އެންމެންގެ ފަރާތުން ވެސް ލިބިގެންދިޔައީ. ވަރަށް ގިނަ މީހުން ބުނަން ފަށައިފި އިތުރު މޭކަޕް ވީޑިއޯތައް މިގޮތަށް ހަދަންވީނޫން ހެއްޔޭ."
އެ ދުވަހުން ފެށިގެން އަމިއްލަ މޫނާއި ހަށިގަނޑުގައި މިގޮތަށް ކުރަހައި މޭކަޕްކޮށް، ޓިކްޓޮކް ކުޅުން ވެފައި ވަނީ ހަޝީ ކިޔައިދިން ގޮތުން ނަމަ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަށެވެ. ސަބަބަކީ މި ހުރިހާ ކުލައަކާއި ކުރެހުމެއް އޭނާގެ ހަޔާތަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެތައް ޕޮޒިޓިވް ވައިބެއް ގެނެސްދީފައިވާތީއެވެ.
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
ވަކިން ހާއްސަކޮށް ކުރިން އަމިއްލަ ނަފުސަށް ނެތް އިތުބާރާއި ޔަގީންކަން އަދި އަމިއްލަ ހުނަރުވެރިކަމަށް މަލާމާތާއި ފުރައްސާރަ އުފެއްދި ޝައްކުތައް މި ހިތްގައިމު އާޓާއި މޭކަޕާއި އެކްޓިންއާ އެކު މިއަދު އެއްކޮށް ފިލައިގެން ގޮސްފައިވުމެވެ.
"ކުރިން، ވަރަށް ކުރިން މިގޮތަށް އަމިއްލަ އަށް ސެލްފް އެކްސްޕްރެސް ނުކުރެވުނު ދުވަސްތަކެއް ދިޔަހެން ހީވަނީ ލައިފްގައި. އަސްލު ވަރަށް ގިނަ ހާލަތްތަކެއް ދިމާވި ލައިފްގައި މިގޮތަށް އަހަރެން ބޭނުންވާ ގޮތަށް، ބޭނުންވާ ފްރީޑަމްގައި ކަންކަން އެކްސްޕްރެސް ނުކުރެވުނު،" ހަޝީ ބުނެދިނެވެ.
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
"ސްކޫލްގައި އުޅުނުއިރު ޗަބީކޮށް ހުންނާތީ ނިކް ނޭމްސް ކިޔާ ވަރަށް ބެހޭނެ ބައެއް ކުދިން. ހަޝްމާ އަހަންނަށް ކިޔާތީ ބައެއް މީހުން ކިޔާނެ ފަލަމާއޭ ވެސް ޖެއްސުމަށް އަދި މަލާމާތަކަށް އަހަރެން ހުންނަ ސިފައާ ގުޅުވާލައިގެން."
"އެހެންވީމަ އަމިއްލަ ސެލްފަށް މިވަރުގެ ކޮންފިޑެންސެއް ނެތޭ ބުނެވިދާނެ ކުރިން، އެ ހުރިހާ މަލާމާތައި ފުރައްސާރައިގެ ތެރޭގައި އުޅުނުއިރު. އަދި އާޓް މިގޮތަށް އެކްސްޕްރެސްކޮށްލަން ލިބުމަކީ އެ ކޮންފިޑެންސް ލިބި މީގެ ވަރަށް ޕޮޒިޓިވް އަސަރުތަކެއް ލައިފަށްކުރުވާ ކަމެއް. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އުފާވެރިކަން."
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
އުފާވެރިކަން ކަށަވަރުކޮށްދޭ ކަމެއްގައި ކިތަންމެ ގިނަ އިރެއް ވަންދެން ވެސް މީހަކަށް އުޅެވިދާނެއެވެ. ކިތަންމެ ގިނައިރެއް އެކުގައި ހޭދަކުރަން ޖެހުނަސް ފޫހިކަމެއް، ވަރުބަލިކަމެއް އިހުސާސުނުކުރެވިދާނެއެވެ. އަދި ގަޑި އެނބުރި ހުސްވެދާ ގޮތް އިހުސާސްވެސް ނުކުރެވިދާނެއެވެ. އަމިއްލަ މީހާ ކެންވަސްއަކަށް ބަދަލުކޮށްލަން ހަޝީ ޑައިރެކްޓްކުރާ މި އެޕިސޯޑްތަކުގައި ވެސް ވަނީ މި ދެންނެވި ކަހަލަ ފޯރިއަކާއި ޖޯޝެކެވެ.
"އާންމުކޮށް މެންދުރު ބާރަ ޖަހާއިރު ފަށާނީ ތަންކޮޅެއް ޑީޓެއިލްޑް މޭކަޕެއް ކުރާ ނަމަ. އާދައިގެ މޭކަޕެއް ނަމަ ފަށާނީ މެންދުރު ދޭއް ޖަހާއިރު. އެ ގަޑީގައި އަހަރެންގެ ކޮޓަރި އޮންނާނީ ކުޑަދޮރުން ވަދެގެން އަންނަ ގަދަ އައްޔާއެކު ވަރަށް ގަދަ ދިއްލިފައި،" ލަވަ ޖަހާލައިގެން ކޮޓަރީގައި އެކަނި މާއެކަނި އިނދެ ކުރަހައި ކުލަޖައްސަން ފަށާ ގޮތް ކިޔައިދެމުން ހަޝީ ބުންޏެވެ.
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
"ދެން އެގޮތަށް ފަށައިގެން އާންމުކޮށް މޭކަޕްކޮށް ނިމޭއިރު ހަވީރުވެ އިރުއޮއްސެން ގާތްވެފައި ހުންނާނީ. އެ ގަޑީގައި ދެން މި ހުރިހާ ފޮޓޯތަކެއް ނަގައި ވީޑިއޯކޮށް އެކްޓްކުރަނީ. އާންމުކޮށް ފޮޓޯނަގައި ވީޑިއޯކޮށް ނިމޭއިރު އޮންނާނީ އިރުއޮއްސިފައި."
މިގޮތަށް ހަޝީގެ ފައިނަލް ލުކްސް އަހަރެމެންނަށް ފެންނައިރު "ޕާފެކްޓް" މަސައްކަތްތަކެއްހެން ސިފަވިޔަސް މިއީ އެތައް ރީޓޭކެއްގެ ސިއްރެވެ. ހަޝީ ބުނީ މިގޮތަށް މޭކަޕްކޮށް ފޭސް ޕެއިންޓްކުރެވޭނީ އޭނާގެ މޫޑް ހުންނަ ގޮތަކުން ކަމަށާއި އަދި ފޮޓޯ އާއި ވީޑިއޯތަކުގެ ޕާފެކްޓް ޝޮޓް ހޯދަން އެތައް އިރެއް އޭނާ ހޭދަކުރަން ޖެހޭ ކަމަށެވެ.
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
"ކޮންމެހެން އެއްޗަކަށް އެއްޗެއް ހަދާކަށް ބޭނުމެއް ނުވޭ. އަދި ކޮންމެހެން ސޯޝަލް މީޑިއާ އަށް ވީޑިއޯއެއް ލާން ޖެހޭތީ ވެސް ވީޑިއޯއެއް ހަދަން ބޭނުމެއް ނުވޭ. އަބަދުވެސް ވަރަށް ކުރާހިތްވެގެން، ވަރަށް އިންސްޕަޔާވެގެން ގޮސް ކޮންމެ މޭކަޕް ވިޑިއޯއެއް ވެސް ހަދަނީ. އެ އިންސްޕިރޭޝަން ނެތް ދުވަހެއް ނަމަ ކޮންމެހެން ނޫޅެން ގަދަކަމުން އެއްޗެއް އުފައްދާކަށް،" ހަޝީ ބުންޏެވެ.
"މިއީ އާޓަށް އޮތް ލޯތްބަކުން ކުރާ ކަމެއް. އެހެންވީމަ މިކަން ކޮށްގެން ލިބޭ އުފާ ވަރަށް ބޮޑު އަހަންނަށް. އަދި ވަކިން ހާއްސަކޮށް މީހުންނަށް ކަމުދާ މިކަހަލަ މަސައްކަތެއް އަހަންނަށް ކުރެވިދާނެކަން އެނގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް."
ހަޝީ އޭނާގެ އަމިއްލަ މޭކަޕްގައި
"މީހުންގެ ފަރާތުން ލިބޭ ލޯތްބާއި ސަޕޯޓް އެންމެ ބޮޑު ހިތްހަމަޖެހުމަކީ."
ހަޝީ ދޭން ބޭނުންވާ މެސެޖަކީ މިއެވެ.
"އަހަރެން ބުނެލަން ބޭނުންވަނީ ކުރަން ބޭނުންވާ ކަމެއްގައި ފަސްޖެހިފަ ނުކެރިފަ ނުހުންނާށޭ. އެކަމަކާއިގެން ކުރިއަށްދާށޭ. އަހަރެން ވެސް މިގޮތަށް މޭކަޕްކޮށް ވީޑިއޯ ހަދަން ފެށީމަ މި އެނގުނީ މީހުންނަށް ކަމުދާ ގޮތަކަށް މިކަން އަހަންނަށް ވެސް ކުރެވިދާނެކަން،" އޭނާ ބުންޏެވެ.
ހަޝީ މޭކަޕާ ނުލައި ފޮޓޯއަކަށް ހުއްޓިލައިގެން.
އެކަމަކު މިދުވަސްކޮޅު މިގޮތަށް މޭކަޕްކޮށް ޓިކްޓޮކާއި ފޮޓޯއިން މީހުން އެންޓަޓެއިންކުރަމުން ގެންދިޔަ ނަމަވެސް ހަޝީގެ އަސްލު ހިތް އޮތީ ޕާފޯމިން އާޓްސްގެ ތެރޭގައެވެ. ކިޔަވައިގެން އެނބުރި އައިސް ބޮޑު ސްކްރީނުގައި އެކްޓިންގެ އަޖުމަ ބެލުމަކީ މިހާރު އޭނާ އެންމެ ކުރަން ބޭނުންވާ އެއް ތަޖުރިބާއެވެ.
ޗޫޓީގެ ސުވާލާއި ޖަވާބު: ރީތި ކަމަކީ އަދި ރީތިވުމަކީ ކޮބާ؟
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ލުއީ ވިޓޯނުން ސެނިޓައިޒާ އުފައްދަނީ
"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާގެ މޭކަޕް ލައިނެއް
ވިކްޓޯރިއާ ބެކަމްގެ ބިއުޓީ ކަލެކްޝަނެއް
ލޭޑީ ގާގާގެ ބިއުޓީ ކަލެކްޝަން ޕްރި-އޯޑަރަށް
ރީތިވާން 300 ޕްލާސްޓިކް ސާޖަރީ ހެދި މީހެއް
ކާލް ލެގަފެލްޑްގެ ހަނދާނުގައި މޭކަޕް ކަލެކްޝަނެއް
"ބީބާ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކް ލައިނެއް
ޗައިނާގެ ސިޓީތަކަށް މޭކަޕް ރޫމްތައް