10 މާޗް 2022
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާލިބޭ މީހަކު ބަންދުކުރަން ހައި ކޯޓުން ނެރުނު އަމުރެއް ސަސްޕެންޑް ކުރުމަށް ފަހު ސ. ހިތަދޫ ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި އެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާލިބޭ މީހަކު ބަންދުކުރަން ހައި ކޯޓުން ނެރުނު އަމުރެއް ސަސްޕެންޑް ކުރުމަށް ފަހު ސ. ހިތަދޫ ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި އެވެ.
ކަނޑުމަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ސ. ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަންގާފައި ވަނިކޮށް ހިތަދޫ ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށް ފަހު އެވެ. އެ އަމުރު ނެރުއްވީ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ ރުޝާން ބަންދުން ދޫކޮށްލަން ހިތަދޫ ކޯޓުން އެންގިޔަސް، އޭނާ ދޫކޮށްލަން ޖެހޭ ފަދަ ސީރިއަސް ސިއްހީ މައްސަލައެއް ފާހަގަ ކޮށްފައި ނެތް ކަމަށެވެ. އަދި ސިއްހީ ސަބަބަކަށްޓަކައި މީހަކު ބަންދުން ދޫކުރެވޭނީ ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ ބޮޑު މައްސަލައެއް ފާހަގަވާ ހާލަތުގައި އެކަނި ކަމަށް ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހަސަން ޝަފީއުގެ އަޣުލަބިއްޔަތު ރައުޔުގައިވެ އެވެ.
ހައި ކޯޓުން ބަންދުކުރި މީހަކު ދަށު ކޯޓަށް ދޫކުރެވޭނެ ކަމާ މެދު އަޣުލަބިއްޔަތު ރައުޔުގައި ވަކި އެއްޗެއް ބުނެފައި ނެތެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައިވަނީ މަތީ ކޯޓެއްގެ އަމުރެއް އޮތަސް، ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން ދަށު ކޯޓަށް މީހަކު ދޫކޮށްލެވިދާނެ ކަމަށެވެ. އެކަމަކު ރުޝާން ބަންދުން ދޫކޮށްލުމުގައި ހިތަދޫ ކޯޓުން އަމަލުކުރި ގޮތް ގޯސް ކަމަށް އޭނާ އެއްބަސްވެ ވަޑައިގަތެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ހިތަދޫ ކޯޓުގެ ނިންމުން ބާތިލް ކުރުމާ އެކު، ރުޝާން ބަންދުކުރަން ހައި ކޯޓުން އޭރު އެންގި އެންގުން އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.
ރުޝާން ބަންދުން ދޫކޮށްލި އަމުރަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފާޑު ވިދާޅުވުމުން އެކަން ކުށްވެރިކޮށް ހިތަދޫ ކޯޓުން ނޫސް ބަޔާނެއް ވެސް ނެރުނެވެ. އެ މައްސަލަ އާއި ހައި ކޯޓުގެ އަމުރު ސަސްޕެންޑްކުރި މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
އަންހެނަކު ފެންވަރަން ހުއްޓާ ފުލުހުން ވަދެފައެއް ނުވޭ
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!
ދެ ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ދޫކޮށްލީ ގޯސްކޮށް
މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި، ޖަލަށް
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
ބޮކްސާގައި ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް
އަރުޝަދުގެ މައްސަލަ:ސުޕްރީމް ކޯޓުގެ ސުވާލުތައް ޕީޖީއަށް