06 މާޗް 2022
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު، މައްސަލައެއްގައި ހިމެނޭ މީހެއްގެ އަތު އަތުން ދެ މިލިއަން ރުފިޔާ އަށް އެދި، އެ އަދަދަށް ފައިސާ ދީފި ނަމަ ބޭނުންވާ ގޮތަށް މައްސަލަ ނިންމައިދޭން ހުށަހެޅުއްވި ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު، މައްސަލައެއްގައި ހިމެނޭ މީހެއްގެ އަތު އަތުން ދެ މިލިއަން ރުފިޔާ އަށް އެދި، އެ އަދަދަށް ފައިސާ ދީފި ނަމަ ބޭނުންވާ ގޮތަށް މައްސަލަ ނިންމައިދޭން ހުށަހެޅުއްވި ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި މިއަދު ބުނެފި އެވެ.
މިއީ ހ. ވާލީވިލާ ފާތިމަތު ފަރީދާ، މުހައްމަދު ޝަވީދު، ހައުލަތު ފަހީމް، އަހުމަދު ޝިޔާމް، އައިމިނަތު އަޝްފާ، މަރްޔަމް ޝިފާ، އަލީ ޝިޔާމް އަދި ހަސަން ޝިޔާމްގެ މައްޗަށް މި މީހުންގެ ހިއްސާ އޮންނަ އެރިއަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓްގައި ބޭނުންކުރި ލޯންޗަކާއި ދޯންޏެއްގެ 14 އަހަރުގެ ކުއްޔަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ މުހައްމަދު އަނީސް ކުރި ދައުވާއެކެވެ.
މި ދައުވާ 2008 ވަނަ އަހަރު އޭރުގެ މަދަނީ ކޯޓަށް ހުށަހެޅުމުން ހުކުމްކޮށްފައި ވަނީ އަނީސްއާ އެއްކޮޅަށެވެ. މި ހުކުމާ މެދު ހިތްހަމަނުޖެހިގެން، ދައުވާ ލިބުނު މީހުންގެ ތެރެއިން ޝަވީދު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެހެންވެ ޝަވީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން 2015 ވަނަ އަހަރު ހުކުމްކުރީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
މިއަދު ބޭއްވީ މި މައްސަލަ އަލުން ބަލައިދޭން އަނީސްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.
ކުރީގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް ކުރެއްވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ.
މި ބެންޗުން ހުކުމްކުރީ ކުއްޔަށް ދީފައިވާ ލޯންޗަކީ އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް ވިޔަސް އޭގެ އަސްލު މިލްކުވެރިންނަކީ މަރްހޫމް މޫސާ ފަހީމްގެ ވާރިސުން ކަމަށެވެ. އަދި މައްސަލާގައި ހިމެނޭ ދޯނިން އެއްވެސް ކުއްޔެއް ދިނުމަށް، ދައުވާ ލިބޭ ފަރާތްތަކަށް އަންގާނެ ތަނެއް ނެތް ކަމަށް ވެސް ވަނީ ކުރީގެ ހުކުމުގައިވެ އެވެ.
މައްސަލަ އަލުން ބަލައިދޭން އެދި ހުށަހެޅި ސަބަބުތަކާ ބެހޭ ގޮތުން އަނީސްގެ ވަކީލުން ވާހަކަ ދެއްކެވުމަށް ފަހު އަނީސަށް ފުރުސަތު ދެއްވުމުން ވާހަކަ ފެއްޓެވީ ކުރީގެ ފަނޑިޔާރަކާ ބެހޭ ގޮތުން ދައްކަންޖެހޭ ވާހަކައެއް އޮތުމުން އެކަމަށް މާފަށް އެދިވަޑައިގަންނަވަމުންނެވެ.
"މި [މައްސަލަ] ހިނގަމުން ދިޔައިރު އެ ފަނޑިޔާރުގެ ފަރާތުން މީހަކު އަޅުގަނޑު [ގާތަށް] ފޮނުވާފައި އަޅުގަނޑާ ބައްދަލުކޮށްފައި ބުނީ ދެ މިލިއަން ރުފިޔާ ތިޔަ ފަރާތުން ދީފި ކަމަށް ވެއްޖިއްޔާ ތިކޮޅަށް މި މައްސަލަ ނިންމައިދޭނަމޭ. ދެން އަޅުގަނޑު ބުނިން ގަބޫލެއް ނުކުރަމޭ ތި ގޮތަކަށް ތި ހުށަހެޅުމެއް،" އަނީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޝްވަތަށް އެދުމުން އެގޮތަށް އެއްބަސްވެވަޑައިނުގަތީ ގާނޫނުއަސާސީ އާއި އުސޫލުތަކާ އެއްގޮތަށް މައްސަލަ ނިންމައިފި ނަމަ އޭނާއާ އެއްކޮޅަށް މައްސަލަ ނިމެނޭ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަނީސް ވިދާޅުވީ ރިޝްވަތަށް އެދުނު މައްސަލައިގައި އިތުރު ހެކި ބޭނުންވާ ނަމަ އެ ހެކި ވެސް ލިބޭނެ ކަމަށާއި ފަނޑިޔާރު ފޮނުވައިގެން އައީ ކާކުކަން ވެސް އެނގޭ ކަމަށާއި އޭނާ ވެސް އެކަމުގައި ބައްދަލުކުރި ކަމަށް، ތެދުބަހުން ވާހަކަ ދައްކާ ނަމަ ބުނާނެ ކަމަށެވެ.
އަނީސް ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި ޝަވީދު އާއި ރިޝްވަތަށް އެދުނު ފަނޑިޔާރު ބައްދަލުވުންތަކެއް ބޭއްވި އެވެ. އަދި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން އިން އިމާރާތްކުރި އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓެއް ވެސް އެ ފަނޑިޔާރަށް ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި އެއް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ޕްލެޓިނަމް ކެޕިޓަލް އަކީ މި މައްސަލަ ރައްދުވި އެންމެންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އަނީސް މި ވާހަކަތައް ދެއްކެވުމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ތުހުމަތު ކުރެއްވި ކަންކަން އެއްވެސް މުއައްސަސާއަކަށް ހުށަހެޅުއްވިންތޯ ސުވާލު ކުރެއްވި އެވެ. ސުޕްރީމް ކޯޓުން ކުރިން މައްސަލަ ނިންމި ގަޒިއްޔާގައި މި ވާހަކަތައް އެނގެން ނެތް ކަމަށް މަހާޒް ވިދާޅުވި އެވެ.
އަނީސް ވިދާޅުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރަށް ވެސް އެކަން އަންގައި ސިޓީ ފޮނުއްވި ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަަތައް ހުށަހަޅަން އޮންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށާއި އެތަނަށް މައްސަލަ ހުށަހެޅިންތޯ މަހާޒް ސުވާލުކުރެއްވުމުން އަނީސް ވިދާޅުވީ، ޖޭއެސްސީގައި ވަރަށް ގިނަ ޝަކުވާތައް ކޮށްފައިވާނެ ކަމަށެވެ. އެތަނުން ޖަވާބު ދިނީ މައްސަލަ ބަލާ ބެންޗުން އޭރު ތިބި ފަނޑިޔާރުން ވަކިވެފައި ވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ބުނެފައި ކަމަށެވެ.
މި ތުހުމަތާ ގުޅޭ ގޮތުން، އިސްތިއުނާފް ރައްދުވާ ފަރާތުން މިއަދު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭގެ ބަދަލުގައި ދެއްކީ މިއީ ރަނގަޅަށް ނިންމާފައި އޮތް މައްސަލައެއް ކަމުގެ ވާހަކަ އެވެ. އަދި މި މައްސަލަ އަލުން ނުބެލޭނެ ކަމަށް ނިންމަން އެދުނެވެ.
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި
ފަނޑިޔާރު ޑީޑީއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދެއްވައިފި
ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސެއް!
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"
ޖިނާއީ ތުހުމަތެއް އޮތުމަކުން އަމުރުތައް ބާތިލެއް ނުވާނެ
ބަޣާވާތުގައި މުހިންމު އެއްޗަކީ ކަޅުފޮށި: އަބްދުއްރަހީމް
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟