04 މާޗް 2022
އުތުރު ތިލަފަޅު ތަަރައްގީކުރަން އިންޑިއާއާ އެކު ހެދި އެއްބަސްވުމާ (ޔޫޓީއެފް އެއްބަސްވުން) އާ ގުޅޭ ބައެއް މައުލޫމާތުތައް ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އުތުރު ތިލަފަޅު ތަަރައްގީކުރަން އިންޑިއާއާ އެކު ހެދި އެއްބަސްވުމާ (ޔޫޓީއެފް އެއްބަސްވުން) އާ ގުޅޭ ބައެއް މައުލޫމާތުތައް ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އުތުރު ތިލަފަޅުގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތުތައް ހޯދަން ސަރުކާރުގައި އެދުނީ ދިޔަރެސް ނޫހުންނެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ނުދިނުމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެ އޮފީހުން މިދިޔަ ޖެނުއަރީ މަހު އެންގީ ބައެއް މައުލޫމާތު ދިނުމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރަން އެންގި މައުލޫމާތަކީ އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން އުފެދިފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިންގެ ގްރޫޕްގެ މައުލޫމާތާއި އުތުރު ތިލަފަޅުގައި މަތިންދާބޯޓު ޖައްސަން ރަންވޭއެއް ގާއިމް ކުރާ ނަމަ، އެކަމުގެ ތަފްސީލު ދިނުމަށެވެ.
އެ މައްސަލަ ޑިފެންސް މިނިސްޓްރީގެ ފަރާތުން ހައި ކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ އަހަރު ނިންމުމުން އެފަދަ މައްސަލަތައް އެ ކޯޓުން ބެލުން ހުއްޓާލި އެވެ. އެކަމަކު އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ދާދިފަހުން އެންގީ އެފަދަ މައްސަލަތައް އެ ކޯޓުން ބަލަން ޖެހޭނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުންތަކުގެ މައުލޫމާތު ހޯދަން އެދުނުއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ގޮވާލައި، ރާއްޖޭގައި ކެމްޕެއިނެއް ހިންގަމުންނެވެ.
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ގޯސްކޮށް
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން
ފުލުހުންގެ ނަމާއި މައުލޫމާތު ހާމަކުރުން ހުއްޓުވައިފި
އިންޑިއާ ސިފައިންގެ މައްސަލަ ހައި ކޯޓުން ލައިވްކުރަނީ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމައެއް ނުކުރި
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
އުތުރުތިލަފަޅުގައި ބޭރުގެ ސިފައިންނެއް ނުތިބޭނެ:ޑިފެންސް
ފުލުހުންގެ ނަމާއި މައުލޫމާތު ދޭން އެންގުމުން ހައިކޯޓަށް
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި