04 މާޗް 2022
ދަ ގްރާންޑޭ ސްޕޯޓްސް ކަލްބްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާއިން ދަމަހައްޓަމުން އަންނަ ލީޑްގައި ހިފަހައްޓައިފި އެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކަލްބްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާއިން ދަމަހައްޓަމުން އަންނަ ލީޑްގައި ހިފަހައްޓައިފި އެވެ.
ކުޅުނު ހަތަރު މެޗުން މޮޅުވުމުގެ އިތުރަށް، އަދި މިހާތަނަށް އެޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެ އެވެ. ހަތަރު މެޗުގައި އެޓީމުން ވަނީ 12 ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ދެ މެޗުގައި އިދިކޮޅުު ޓީމުގެ ގޯލް ހުޅުވުމުގައި މާޒިޔާ އަށް އުނދަގޫ ކުރިމަތިވީ ނަމަވެސް އޭގެ ފަހުން ކުޅުނު ދެ މެޗުގައި އިދިކޮޅު ޓީމުގެ ގޯލް ހުޅުވަން ގިނަ ވަގުތެއް ހޭދަ ކުރާކަށް ނުޖެހުނެވެ.
މާޒިޔާ އަށް ލަނޑު ޖަހައިދީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޓާނާ: މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ --- ފޮޓޯ: އެފްއޭއެމް
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރުވަނަ މިނެޓްގައި މާޒިޔާއިން ލީޑް ނެގި އެވެ. އެލަނޑު ޖެހީ ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާގެ އަރިމަތިން ގޯލް ކުރިއްމައްޗަށް ނަގައިދިން ބޯޅަ ޓާނާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ އެތެރެއިން މާތީ ދާގަނޑަށް ވާގޮތަށް ބޯޅަ ވައްދައިލައިފަ އެވެ. ގޯލާ ވަރަށް ކައިރީގައި ހުރެފައި ފޮނުވައިލުމުން ގޯލް ޖެހުމުގައި މާބޮޑު އުނދަގުލެއް ކުރިމަތިނުވެ ޓާނާ ބޯޅަ ފޮނުވައިލި އެވެ.
މާޒިޔާގެ ދެވަނަ ލަނޑު ޖެހީ މެޗުގައި ކެޕްޓަންކަން ކުރި މުހައްމަދު އިރުފާން (އިރޭ) އެވެ. އެކާވިސް ވަނަ މިނެޓްގައި ޓާނާ ނަގައިދިން ކޯނަރު އިރޭ ވަނީ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އޭގެ ކުރިން ގްރާންޑޭގެ އޭރިއާގެ ބޭރުން ހަމްޒާ ފޮނުވައިލި ބާރު ބޯޅަ ނުރައްކާކޮށް ދިޔަ އެވެ. ނަމަވެސް އެބޮޅަ އަތުން ޖަހައި ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް ކޯނަރަކަށް ބޭރުކޮށްލީ އެވެ.
މާޒިޔާގެ ހަމްޒާ އަތުން ބޯޅަ ހޯދަން ގްރާންޑޭގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް
ލީގު ފެށުނު ފަހުން ވެސް ލަނޑު ޖެހުމުގެ ރޭޓް ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. މިރޭގެ މެޗުގައި ވެސް އޭނާ ވަނީ މާޒިޔާ އަށް ލަނޑު ޖަހައިދީފަ އެވެ.
ތިނަވަނަ ލަނޑު ޖެހީ ވެސް ކޯނަރަކުން ތަނަވަސް ކުރި ބޯޅައިންނެވެ. މެޗުގެ 55 ވަނަ މިނެޓްގައި ޓާނާ ނެގި ކޯނަރު އޭރިއާގެ އަރިމައްޗަށްވާ ގޮތަށް ނަގައިދިނުމުން ސަމޫހް އަލީ (ސަމުއްޓޭ) ބޮލުން ގޯލް ކުރިމައްޗަށް ނަގައިދިނެވެ. ގޯލް ދަނޑިކައިރީގައި ހުރި ކޯނޭ ވަނީ ބޮލުން ޖަހައި ގޯލްގެ ފޯޕޯސްޓަށް ބޯޅަ ވައްދައިލައިފަ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ކާމިޔާބުކޮށްފި
ގްރާންޑޭ ބަލިކޮށް މާޒިޔާ އަށް ފަސް ޕޮއިންޓްގެ ލީޑެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކަންބޮޑުވުމެއް
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ