02 މާޗް 2022
ރަޝިއާއިން ޔުކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއަށް ތާއީދުކުރާ މަހުޖަނުންނާ ދެކޮޅަށް އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި މުދާތައް ހިފަހައްޓަމުން ދާތީ ބައެއް މަހުޖަނުންގެ ޔޮޓްތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ބޭރުގެ ބައެއް ނިއުސް އެޖެންސީތަކުން ބުނެފި އެވެ.
ރަޝިއާއިން ޔުކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއަށް ތާއީދުކުރާ މަހުޖަނުންނާ ދެކޮޅަށް އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި މުދާތައް ހިފަހައްޓަމުން ދާތީ ބައެއް މަހުޖަނުންގެ ޔޮޓްތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ބޭރުގެ ބައެއް ނިއުސް އެޖެންސީތަކުން ބުނެފި އެވެ.
ހަނގުރާމަ ފެށުމާ އެކު އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ރަޝިއާގެ ބިލިއަނަރު އޮލޭގް ޑެރިޕަސްކާގެ ލަގްޒަރީ ޔޮޓް ކްލިއޯ، ހޯމަ ދުވަހު ވަނީ ރާއްޖޭގައި ބަނދަރުކޮށްފަ އެވެ. ކޭމަން އައިލެންޑްގައި ރަޖިސްޓްރީކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ މި އުޅަނދުގެ ވެރިޔާ އަކީ އެލުމިނިއަމް ވިޔަފާރިކުރާ މީހެކެވެ. އޭނާއާ ދެކޮޅަށް އެމެރިކާ އިން 2018 ވަނަ އަހަރު ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ކްލިއޯ މިހާރު އޮތީ ރާއްޖޭގައިކަން އެމްޕީއެލް އޭއެފްޕީ އަށް ކަށަވަރުކޮށްދިން ނަމަވެސް މި އުޅަނދުގެ ލޮކޭޝަން މެރިން ޓްރެފިކްގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓްތަކުން މިހާރު ހުރީ ނުފެންނަ ގޮތަށް ހަދައިފަ އެވެ.
މި ޔޮޓްގެ އިތުރުން ސްޓީލްގެ ވިޔަފާރިކުރާ އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން ވެސް އޮތީ ރާއްޖޭގައިކަން އެމްޕީއެލް އިން އޭއެފްޕީ އަށް ކަށަަވަރުކޮށްދީފައިވެ އެވެ. މިއީ 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ގެ އަގު ހުރި އުޅަނދެކެވެ.
ސީއެންބީސީން ބުނި ގޮތުގައި ރަޝިއާގެ މަހުޖަނުންގެ އިތުރު ދެ ޔޮޓެއް ވެސް ރާއްޖެއަށް ވަނީ ދަތުރު ފަށައިފަ އެވެ.
ރަޝިއާގެ ބިލިއަނަރު އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން
ޕުޓިންއަށް ތާއީދުކުރާ ރަޝިއާގެ މަހުޖަނުންގެ އެތައް ބިލިއަން ޑޮލަރަކާއި އެ މީހުންގެ މުދާތައް އެމެރިކާ އާއި ޔޫރަޕުން ހިފަހައްޓަމުން ދާއިރު އެ މީހުންގެ ޔޮޓްތައް ރާއްޖެއަށް ފޮނުވާ ސަބަބަކީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ރާއްޖެއާއި އެމެރިކާއާ ދެމެދު ނެތުމެވެ. ނަތީޖާއަކަށް ވާނީ އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާ މީހުން ނުވަތަ އެ މީހުންގެ މުދަލާ މެދު ވެސް ރާއްޖޭގައި އޮއްވައި ފިޔަވަޅެއް އެޅޭނެ ގާނޫނީ ބާރެއް ނުލިބުމެވެ.
އެހެންވެ މިއީ ރަޝިއާގެ މަހުޖަނުން އެ މީހުންގެ މުދާ ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެކެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭ ސަރުކާރުގެ ބަހެއް އަދި ނުލިބޭ ކަމަށް އޭއެޕްޕީން ބުނެފައިވެ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ބޯޑަރު ހުޅުވާލުމާ އެކު ރަޝިއާ އާއި ޔުކްރެއިން ޓޫރިސްޓުންގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވެފައިވާ ކަމަށެވެ.
"ރަޝިއާ އިން ޔުކްރެއިނަށް އެރުމަކީ ރާއްޖެއަށް އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ވާނެ ކަމެއް. މި ދެ ގައުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދެ ގައުމު،" އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ނަން ހާމަކޮށްފައި ނުވާ އޮފިޝަލާ ހަވާލާދީ ބުނެފައިވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް ރަޝިއާ އިން ރާއްޖެއަށް 20،973 ޓޫރިސްޓުން އައިސްފައި ވާއިރު މިއީ އެއް ގައުމަކަށް ބަލާއިރު އެންމެ ގިނައިން އައި ގައުމެވެ. އަދި ޔުކްރެއިނުން ވެސް 7،210 ޓޫރިސްޓަކު ޖެނުއަރީ މަހު އައިސްފައިވެ އެވެ.
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ ރަޝިއާއާ ދެކޮޅު، އިންޑިއާ، ޗައިނާ ވޯޓު ނުދިން
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
މައުމޫން ވިދާޅުވީ ރަޝިޔާ ސަފީރަށް މާނަ އޮޅުނީ ކަމަށް
މައުމޫން ކުރެއްވި ޕޯސްޓަށް ރަޝިޔާ ސަފީރުގެ ނުރުހުން
"ރަޝިޔާގެ 74 އަވަށެއްގެ ކޮންޓްރޯލް ލިބިއްޖެ"
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ