23 ފެބުރުއަރީ 2022
ރާއްޖޭގައި ތިބެގެން ކުށްކުރުމުގެ ބޭނުމުގައި ބިދޭސީން ދިވެހިންނާ ކައިވެނިކުރާ މައްސަލަތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް މިއަދު ގެނެސްފި އެވެ.
ރާއްޖޭގައި ތިބެގެން ކުށްކުރުމުގެ ބޭނުމުގައި ބިދޭސީން ދިވެހިންނާ ކައިވެނިކުރާ މައްސަލަތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް މިއަދު ގެނެސްފި އެވެ.
ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާއެކު، ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް، އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މެރިޖް ވިސާ ދޫކޮށްފައި ތިބި ބިދޭސީން ރާއްޖޭގައި ކުށްކުރާ މައްސަލަތައް ގިނަވަމުންދާ ކަމަށެވެ. އަދި ރާއްޖެ އިން ބްލެކް ލިސްޓް ކޮށްފައި ތިބި ބައެއް ބިދޭސީންނާ ދިވެހިން ކައިވެނި ކުރުމަށް ފަހު، އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ މައްސަލަތައް ވެސް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވިގޮތުގައި، ދިވެހިންނާއި ބިދޭސީން ބައެއް ފަހަރު ކައިވެނި ކުރަނީ "މެރިޖް އޮފް ކޮންވީނިއަންސް" ނުވަތަ ލޯބިން އެކުގައި އުޅުމުގެ ބަދަލުގައި ވަކި މަގްސަދުތަކެއް ހާސިލް ކުރުމުގެ ނިޔަތުގަ އެވެ. އެފަދަ ހާލަތުތަކުގައި ގިނަ ފަހަރަށް ބިދޭސީން ކައިވެނި ކުރަނީ ވެސް އުމުރުން ދުވަސް ވެފައިވާ ދިވެހިންނާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުން ދިވެހިންނާ ކައިވެނިކޮށްގެން، މެރިޖް ވިސާ ހޯދުމަށް ފަހު، ރާއްޖޭގައި ހަށިވިއްކުން ފަދަ ކުށްތައް ކުރާ މައްސަލަ އާންމުވަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަނީ---ފޮޓޯ: މަޖިލިސް
"ބިދޭސީއަކާ ކައިވެނި ކުރަން ހުށަހެޅުމުން ކޯޓުން އަޅުގަނޑުމެންނަށް ފޮނުވާނެ ބެކްގްރައުންޑް ޗެކް ކުރަން. އަޅުގަނޑުމެން ރިޖެކްޓް ކުރިޔަސް ކައިވެނި ކޮށްދޭ. އެއީ ކައިވެނި ކުރުމަކީ ހައްގަކަށް ވާތީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދެން ދިމާވަނީ އެ މީހުންނާ ކައިވެނި ކުރުމަށް ފަހު، ދަރިން ހޯދުމުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތަކެވެ. އިމިގްރޭޝަނުން އެފަދަ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި މެރިޖް ވިސާ ކެންސަލް ކުރުމުން އަދި ރާއްޖެ އިން ފޮނުވައިލުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ފަދަ މުއައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން، އެ މީހުން ގެންނަން މަސައްކަތް ކުރާ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ އިމިގްރޭޝަނުން ބްލެކް ލިސްޓްކޮށް، ފޮނުވާލާފައިވާ ބިދޭސީންނާ ބައެއް ދިވެހިން ކައިވެނި ކޮށް، ދަރިން ހޯދާ މައްސަލަ އެވެ. އެ ހާލަތުގައި އެ މީހުން ރާއްޖެ އަށް ނުގެނެވިގެން މުއައްސަސާތަކަށް މައްސަލަ ހުށަހަޅާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ބިދޭސީއަކާ ކައިވެނި ކުރަން ހުށަހެޅުމުން ކޯޓުން އަޅުގަނޑުމެންނަށް ފޮނުވާނެ ބެކްގްރައުންޑް ޗެކް ކުރަން. އަޅުގަނޑުމެން ރިޖެކްޓް ކުރިޔަސް ކައިވެނި ކޮށްދޭ. އެއީ ކައިވެނި ކުރުމަކީ ހައްގަކަށް ވާތީ،"--- އިމިގްރޭޝަން
"މިސާލަކަށް ބިދޭސީ ފިރިހެނަކާ އިނދެގެން އުޅޭ މީހަކު ރާއްޖެ އިން ފޮނުވާލާފިއްޔާ އަދި އޭނަ އަށް ދަރިއެއް ލިބިފައި ހުރެއްޖިއްޔާ ހަރަދު ނުކުރޭ. ދަރިން ތިއްބާ މީހަކު އިމިގްރޭޝަނުން ފޮނުވާލާފިއްޔާ އެންމެ ފަހުން ހަރަދު ނުލިބި ދައުލަތަށް ބަލަދު އަރަނީ،" މައްސަލައިގެ ސީރިއަސްކަން ހާމަކުރައްވަމުން ވިދާޅުވި އެވެ.
މެރިޖް ވިސާ ހޯދައިގެން ރާއްޖޭގައި ކައިވެނި ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ބަލާއިރު ބޮޑެތި ގޮންޖެހުން ހުރި ކަމަށް ޝިފާން ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެފަދަ މައްސަލަތައް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ވެސް ނުހުރެ އެވެ.
މިދިޔަ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ބްލެކް މާކެޓްގައި ޑޮލަރު ވިއްކައިގެން 11 މީހަކު ފޮނުވާލާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ހަށިވިއްކުމުގައި ވަރަށް ގިނަ ބިދޭސީން އުޅޭ ކަމަށާއި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 46 މީހުން ފޮނުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ތަކުރާރުކޮށް ހިނގާ ކަންކަން. ވީމަ ޖޮއިންޓް އޮޕަރޭޝަންތައް ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ފުލުހުންގެ އެކި އިންޓެލިޖަންސް ޑިޕާޓްމަންޓާ ގުޅިގެން ކުރިޔަށް މި ގެންދަނީ،" ޝިފާން ވިދާޅުވި އެވެ.
100 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަތުލައިގެންފި
19 ބިިދޭސީން ދޫކުރުމުގެ އަމުރެއް ކޯޓުން ނުދިން
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ނަމަ ވިސާ ދޭން އެދެފި
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށްފި
ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން!
ދެ ބިދޭސީން ޑީޕޯޓުކުރި މައްސަލަ މަޖިލިހުން ބަލަނީ
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް
ވިސާ ނެތް ބިދޭސީ އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި