21 ފެބުރުއަރީ 2022
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އައްޑޫ ހިތަދޫ ކޯޓުން އަމުރު ނެރެފި އެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އައްޑޫ ހިތަދޫ ކޯޓުން އަމުރު ނެރެފި އެވެ.
ކަނޑުމަގުން 2020 ވަނަ އަހަރު އައްޑޫއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް މައްސަލާގައި ދައުވާލިބޭ ހިތަދޫ މަންދޫބުގޭ، ރުޝާން އަހުމަދު ދީދީ މިހާތަނަށް ހުރީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އޮކްޓޫބަރު، 2020 ގައި އަމުރު ނެރުނީ ވެސް ހިތަދޫ ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.
ހައި ކޯޓުގެ އަމުރު ތިން މަހަށް ސަސްޕެންޑް ކުރުމަށް ފަހު ރުޝާން ބަންދުން ދޫކޮށްލަން އިއްޔެ އަމުރު ނެރުއްވީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. އެ އަމުރުގައިވާ ގޮތުން ޝަރުތުތަކާ އެކު، އޭނާ ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށެވެ.
"ހައި ކޯޓުގެ (ގަޒިއްޔާ ނަމްބަރު) ގަޒިއްޔާއިން ނިންމާފައިވާ ނިންމުން މިއަދުން ފެށިގެން 90 ދުވަހަށް ސަސްޕެންޑްކޮޮށް، މި މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ." އެ އަމުރުގައިވެ އެވެ.
ގާނޫނު އޮންނަ ގޮތުން މަތީ ކޯޓެއްގެ އަމުރެއް ސަސްޕެންޑް ކުރުމުގެ ބާރެއް ދަށު ކޯޓުތަކަކަށް ނޯވެ އެވެ. އަދި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ދަށު ކޯޓުތަކަށް ގާނޫނީ ގޮތުން ލާޒިމެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މެޖިސްޓްރޭޓް ރަފީއުއްދީންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމުގެ އިތުރުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.
މި ނިންމުމަށް އިޝާރާތްކުރައްވައި ޕްރޮސިކުޓާ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓުގެ ހުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށެވެ.
"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޝަމީމްގެ ޓްވީގައިވެ އެވެ.
ބޮކްސާގައި ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ހައި ކޯޓު އަމުރު ސަސްޕެންޑްކޮށް ދޫކޮށްލި މީހާ ބަންދު
ހައި ކޯޓުގެ އަމުރު ސަސްޕެންޑްކުރި މައްސަލަ ބަލަނީ
"އެޗްއާރުސީއެމްގެ މައްސަލަ ބަލައިނުގަތީ ރަނގަޅަށް"
98 ކިލޯ ޑްރަގް މައްސަލަ: ދޫކޮށްލި ދެމީހުން ބަންދަށް
98 ކިލޯގެ ޑްރަގް މައްސަލަ: ދެ މީހަކު ދޫކޮށްލައިފި
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އެއް ބިލިއަންގެ ޑްރަގްގެ މައްސަލާގައި އެންމެން ބަންދަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު