19 ޑިސެމްބަރ 2016
އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބާއްވަން އަމުރުކޮށްދޭން އެދި އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބާއްވަން އަމުރުކޮށްދޭން އެދި އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރުކަމުން އަލްހާން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ސިޓީ އާއި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.
އެހެންވެ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ މައްސަލައިގައި ދައުވާ ކުރުމުގެ އިޖާބީ ހައިސިއްޔަތު އަލްހާނަށް ލިބިފައި އޮތް އޮތުން ފިލައި ގޮސްފައިވާ ކަމަށް ގާޒީ މުހައްމަދު ހަލީމް އިއްވެވި ހުކުމުގައި ބުނެފައިވެ އެވެ.
އަލްހާން ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވިއިރު ވެސް އެ ދެ މަގާމަށް ބޭފުޅުން އިންތިޚާބު ނުކުރާ ކަމަށާއި އެހެންވެ އެ އިންތިޚާބު ބާއްވަން އެ ޕާޓީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ މައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ލިބޭތޯ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން މަރުހަލާގައި މަސައްކަތް ކުރުމުން އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
އެމްޑީޕީން ނެގި އިޖުރާއީ ނުކުތާގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި އަލްހާނަކީ ޕާޓީގެ މެމްބަރަކަށް ނުވާތީ އެމްޑީޕީގެ މެމްބަރުންނަށް ލިބިދޭ ހައްގުތައް ނުލިބުމާއި އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައި ދިނުމަށް އެދި ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު ވެސް ލިބިފައި ނުވުން ހިމެނެ އެވެ.
އަލްހާން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ މެއި 1، 2011 ގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އަދި ނައިބު ރައީސް ކަމަށް އޭނާ އިންތިހާބު ކުރި ކަމަށެވެ. ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް ޝިފާޒް އައްޔަންކުރީ، އެ ދައުރު، ހަމަވުމުގެ ކުރިން އޭނާ އާއި އިބްރާހިމް ދީދީ އެޕްރީލް، 30، 2012 ގައި ވަކިކުރުމަށް ފަހު ކަމަށް އަލްހާން ވިދާޅުވި އެވެ. އެހެންވެ ފަސް އަހަރުގެ ދައުރު ހަމަވެ، ނަޝީދާއި ޝިފާޒްގެ މަގާމުގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އަލްހާން ހުށަހެޅި މައްސަލާގައިވެ އެވެ.
އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ.
ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ އަލްހާން މައާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރެއްވުން ވަކި މުއްދަތެއް ވަންދެން އޭނާ އަށް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމެޓީން އެންގި ގޮތަށް އަލްހާން އަމަލެއް ނުކުރައްވަ އެވެ.
އަލްހާން ކުރިން ވިދާޅުވެފައިވަނީ މާފަށް އެދިވަޑައިގަންނަވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އެމްޑީޕީ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން ކޯޓަށް
އެމްޑީޕީގެ 5 މިލިއަންގެ ދަރަނިދައްކަން އެއްބަސްވުމަކަށް
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން
ދީބާޖާ އިން އަލްހާންގެ ލޯފާމަށް 174 މިލިއަން ރުފިޔާ
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ޕާޓީން ވަކި ކުރުމުން އަލްހާން އީސީއާ ދެކޮޅަށް ކޯޓަށް
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"
މައްސަލައަށް ވަންނަން އެމްޑީޕީއަށް ފުރުސަތު ދީފި
އިންތިޚާބު މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަނީ
އެމްޑީޕީގެ މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ