20 ފެބުރުއަރީ 2022
ބްރެޒިލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބުމުގެ ސަބަބުން 146 މީހަކު މަރުވެ، ގެއްލިފައިވާ މީހުންގެ އަދަދު 200 އަރަފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނެފި އެވެ.
ބްރެޒިލް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބުމުގެ ސަބަބުން 146 މީހަކު މަރުވެ، ގެއްލިފައިވާ މީހުންގެ އަދަދު 200 އަރަފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނެފި އެވެ.
ބްރެޒިލް ސަރުކާރުން ބުނި ގޮތުގައި އެންމެ ގިނަ މީހުން މަރުވީ، އެންމެ ބޯކޮށް ވާރޭވެހުނު ޕެޓްރޮޕޮލިސް ސިޓީންނެވެ. އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.
މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ޓީމުތަކުން، މީހުން ހޯދުމަށް އިއްޔެ ކުރި މަސައްކަތްތައް ވެސް، ބޯ ވާރޭގެ ސަބަބެއް އެތައް ފަހަރަކު މެދުކަނޑައިލަން ޖެހުނެވެ. އެ ޓީމުތަކުން ބުނާ ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު، ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ 200 މީހުންގެ ތެރެއިން އެކަކު ވެސް ދިރިހުއްޓައި ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ.
މި ހާދިސާތަކުގައި މަރުވި 146 މީހުންގެ ތެރޭގައި 27 ކުޑަކުދިންނާއި ޒުވާނުން ހިމެނެ އެވެ. ފެން ބޮޑުވި ސަރަހައްދުތަކުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރި މީހުން މި ވަގުތު ތިބީ އުސް ސަރަހައްދުތަކުގައި ހުރި ސްކޫލްތަކާއި ހުސް ބިންތަކުގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުގަ އެވެ. އެފަދަ 900 އެއްހާ މީހުންނަށް ސަރުކާރުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތައް އިއްޔެ އަވަދިނެތި އުޅުނީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ފޭބި ވެލިތަކާއި ކިސަޑުތަކުގެ ތެރޭގައި މީހުން ވަޅުލެވިފައިވޭތޯ ބެލުމަށްޓަކައި ވެލިފުނިތަކާއި ކިސަޑުފުނިތައް ކޮނުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ދިރިހުރި އެއްވެސް މީހަކު ނުފެނެ އެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެންމެ ބޮޑަށް ވެލިތައް ފޭބި ސަރަހައްދުގައި 80 ވަރަކަށް ގެ ވަނީ ވެލިތަކާއި ކިސަޑުގެ ތެރޭގައި ފޮރުވިފަ އެވެ. އެ ގެތަކުގެ ތެރޭގައި މީހުން ވަޅުލެވިފައިވާނެ ކަމަށް ލަފާކުރެވޭތީ، އެ ގެތަކުން މީހުން ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ނުވީ ބޯކޮށް ވާރޭ ވެހެން ފެށުމުންނެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދު ބައްލަވައިލެއްވުމަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ މިދިޔަ ހުކުރު ދުވަހު ހެލިކޮޕްޓަރުގައި އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އެ ސަރަހައްދު ބައްލަވައިލެއްވުމަށް ފަހު ރައީސް ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ޕެޓްރޮޕޮލިސް ސިޓީ ހީވަނީ ވަރުގަދަ ހަނގުރާމައެއްގައި ސުންނާފަތިވެފައި އޮތް ރަށެއް ހެންނެވެ.
ޖަޕާނުގެ ވިއްސާރަ: ދެ މިލިއަން މީހުން ހާލުގައި ޖެހިދާނެ
ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް
މޫސުން ގޯސްވެ ވެންކޫވާގެ ދަތުރުފަތުރު ހުއްޓުމަކަށް
ކެރެލާގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ