20 ފެބުރުއަރީ 2022
ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލްގައި ދަރިވަރުންތަކަކަށް ބުލީކުރުމުގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލްގައި ދަރިވަރުންތަކަކަށް ބުލީކުރުމުގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
އެމްއެންޔޫން ނެރުނު ބަޔާނުގައި ބުނީ އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންތަކެއް ބުލީގެ މައްސަލައެއް ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ބުލީކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓުގައި މަނާ ކަމަކަށް ވާތީ، އެ ކަން ޔުނިވާސިޓީގެ މައްސަލަ ބަލާ ކޮމިޓީއަކުން އަންނަނީ ތަހުގީގުކުރަމުންނެވެ.
"މައްސަލަ ނިމުނުހާ އަވަހަކަށް މިކަން ހިނގައިދިޔަ ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
އެމްއެންޔޫގެ މެޑިސިން ސްކޫލްގެ ފުރަތަމަ ބެޗްގައި ކިޔަވާ އަންހެން ދަރިވަރަކު ރޭ ކުރި ޓްވީޓުތަކެއްގައި ބުނީ އޭނައާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ބުލީ ކުރާ މައްސަލަ ޑީންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނައި ނަމަވެސް އެކަމަށް އަޅާނުލި ކަމަށެވެ. ކޮންމެ ފަހަރަކު ވެސް، ބުލީކުރާ މީހުން ރައްކާތެރިކޮށްދީފައިވާ ކަމަށް އެ ދަރިވަރުގެ ޓްވީޓުގައި ވެ އެވެ.
This is the unspoken side of MNU School of Medicine. My best friend and I were kept in a room in MNU School of Medicine, as “convicts” with our bully and harasser, where we were gaslit and manipulated for 1 hour and 44 mins. Talk about mental torture. 1/10
— Reeath Hameed (@ReeathHameed) February 19, 2022
އޭނާ ބުނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަން ޖެހުނީ އިތުރު ގޮތެއް ނެތި، އެހެން މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެގެން ކަމަށެވެ.
ބުލީގެ ޝިކާރައަކަށްވި ކުއްޖާއާ ބެހޭ ގޮތުން އޭނާގެ އެކުވެރިޔަކު ކުރި ޓްވީޓްތަކުގައި ބުނެފައިވަނީ މިކަން ކޮށްފައިވަނީ ކުރިން ވެސް އެފަދަ ކަންކަން ކޮށްފައިވާ މީހެއް ކަމަށެވެ. އަދި މިކަމުގައި ޝަކުވާ ކުރުމުން، އެއީ ސަމާލުކަން ހޯދަން ދައްކާ ވާހަކަ ކަމަށާއި މާބޮޑަށް "ސެންސިޓިވް" ވެގެން އުޅެނީ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން އެހެން ދަރިވަރުންނަށް ވާހަކަ ދައްކަން ޖެހިލުންވެފައިވާ ކަމަށާއި ބުލީކުރި މީހާ ގެންދަނީ ޝަކުވާ ކުރާ ކުއްޖާ އަކީ ސަމާލުކަން ހޯދަން އުޅޭ "މޮޔަ" އެއްގެ ގޮތުގައި ސިފަކޮށް އެހެން ދަރިވަރުންނާއި ލެކްޗަރާއިން ގާތު ވާހަކަ ވެސް ދައްކަމުން ކަމަށެވެ.
އެމްއެންޔޫގެ މެޑިކަލް ކޮލެޖު އެޅޭނެ ގޮތެއް އަދި ނެތް
މެޑިސިންއާއެކު އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި
މެޑިކަލް ކޮލެޖު އަޅަން 35 މިލިއަން ރުފިޔާ ހިމަނައިފި
މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު
މެޑިކަލް ކޮލެޖުގައި އެޕްރީލް މަހު ކިޔަވައިދޭން ފަށަނީ
ޑރ. ޝީޒާ، މެޑިސިން ސްކޫލުގެ ފުރަތަމަ ޑީނަކަށް
ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގައި 37 ދަރިވަރުން
އެމްއެންޔޫ މެޑިސިން ސްކޫލްގައި މެލޭޝިއާގެ ސިލަބަސް
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ބޮޑު ތަރުހީބެއް