Roadha Mihaaru
ސްޓްރޭންޖާ ތިންގްސްގެ ފޭނުންނަށް އުފާވެރި ޚަބަރެއް

ސްޓްރޭންޖާ ތިންގްސްގެ ފޭނުންނަށް އުފާވެރި، ރޮވޭ ޚަބަރެއް

18 ފެބުރުއަރީ 2022

ދިގު އިންތިޒާރަކަށް ފަހު ނެޓްފްލިކްސްގެ ސުޕަހިޓް ސައިންސް ފިކްޝަން ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ހަތަރު ވަނަ ބައި ގެނެސްދޭ ތާރީހު އިއްޔެ އިއުލާންކުރުމުން ފޭނުންނަށް ބޮޑު އުފަލެއް ލިބުނަސް، އެއާ އެކު ވަރަށް ހިތާމަވެރި ޚަބަރެއް ވެސް ލިބުނެވެ. އެއީ ފަސް ވަނަ ބަޔަކާ އެކު، އެ ސީރީޒް އެއްކޮށް ނިންމާލާނެ ކަމަށް އިއުލާންކުރުމުންނެވެ.

"މީގެ ހަތް އަހަރު ކުރިން މި ސީރީޒްގެ މަސައްކަތް ފެށި އިރު އަހަރެމެން ހީކުރީ ހަތަރު ވަރަކަށް ސީޒަނުން މީގެ ވާހަކަ ނިންމާލެވެނޭ ކަމަށް،" އެ ސީރީޒްގެ އުފެއްދުންތެރިން ކަމަށްވާ ދަ ޑަފާ ބްރަދާސް ފޭނުންނަށް ފޮނުވި ސިޓީއެއްގައި ބުންޏެވެ.

"އެންމެ ހަތަރު ސީޒަނުން ކިޔައިދޭ ވަރަށް ވުރެ މީގެ ވާހަކަ ބޮޑުވި. މިހާރު އަހަރެމެން މި ތައްޔާރުވަނީ އެންމެ ފަހު ބަޔަށް."

ނެޓްފްލިކްސް އިން އިއްޔެ އިއުލާންކުރި ގޮތުގައި އެ ސީރީޒްގެ ހަތަރު ވަނަ ސީޒަން ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ގެނެސްދޭނީ އަންނަ މެއި މަހު 27 ގަ އެވެ. އަދި ދެ ވަނަ ބައި ގެނެސްދޭނީ ޖުލައި އެކެއްގަ އެވެ.

އެއީ ސްޓްރޭންޖާ ތިންގްސް ފެށުނު ފަހުން، އެންމެ ގިނަ ވަގުތު ދީގެން ހެދި ސީޒަނެވެ. އެ ސީޒަންގެ މަސައްކަތް ނިންމަން ދެ އަހަރު ހޭދަވި އިރު، ދަ ޑަފާ ބްރަދާސް ބުނީ އެ ސީޒަނަށް 800 ސަފުހާ އަށް ވުރެ ދިގު، ނުވަ ސްކްރިޕްޓް ލިޔުނު ކަމަށެވެ. އަދި އާ ސީޒަންގައި 1،000 ވުރެ ގިނަ ވިޒުއަލް އިފެކްޓްސްތައް ހިމެނޭ މަންޒަރުތަކާއި ސީޒަންގެ ދިގުމިން ކުރީގެ ސީޒަންތަކަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ވެސް ބުންޏެވެ.

ކުޑަކުދިންތަކަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއް ދަައްކައިދޭ ސްޓްރޭންޖާ ތިންގްސްގެ ސީޒަން ތިނެއް ގެނެސްދިނީ 2019 ގަ އެވެ. ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ނެޓްފްލިކްސް އެންމެ މަޝްހޫރުކޮށްދިނީ ވެސް އެ ސީރީޒުންނެވެ. ނެޓްފްލިކްސް އިން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ވެސް އެ ސީރީޒަށެވެ.