13 ފެބުރުއަރީ 2022
ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 ގެ މައްޗަށް 1-0 އިން ކުރި ހޯދައި ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އިން މިއަދު ކާމިޔާބު ކޮށްފި އެވެ.
ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 ގެ މައްޗަށް 1-0 އިން ކުރި ހޯދައި ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އިން މިއަދު ކާމިޔާބު ކޮށްފި އެވެ.
އީގަލްސްގެ ޒުވާން ޓީމު ތަށި ހޯދާފައި ވަނީ މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ވެސް ލަނޑެއް ނުވަދެ އެވެ.
ފ. ނިލަންދޫ ޓާފް ދަނޑުގައި، ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި އީގަލްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޒައިން ޒަފަރެވެ. ހަސަން ސަހާފް ދިން ބޯޅައެއް ހޯދައި، އޭރިއާ ތެރެއަށް ވަދެ، ޒައިން ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޒައިން އަކީ އީގަލްސްގެ ސީނިއާ ޓީމުގައި ވެސް ހިމެނޭ، އަދި މުބާރާތުގައި ކުޅުނު އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ޒައިންގެ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ދިފާއު ކުރިއިރު، ޒައިން ނަގައިދިން ކޯނަރަކުން ސަހާފް އަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލުމުން ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.
ދެވަނަ ހާފުގައި އީގަލްސް އަށް ވަނީ ލީޑު ފުޅާކުރަން ހުސް ދެ ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. ޒައިން އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމަތީ ހުރި މުހައްމަދު ވިޝާން އަށް ޖައްސާލުމުން އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ސަސްގެ ޑިފެންޑަރު އަލީ ޒާލިފެވެ. އޭގެ ފަހުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މާހީ އިބްރާހިމް މުބައްސިރު ޖައްސާލުމުން ކީޕަރު ބީޓުވެގެން ގޮސް ގޯލަށް ވަދެވަދެ އޮއްވައި ބޯޅަ ބޭރުކޮށްލީ ސަސްގެ އަހުމަދު އައިހަމް މޫސާ އެވެ.
ޒައިން މިއަދުގެ ފައިނަލުގައި އީގަލްސް މޮޅުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އެފްއޭއެމް
ފަހު 10 މިނިޓުގައި ސަސް އިން ވަރަށް ބޮޑަށް ކުރިޔަށް ޖެހި، ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވަނީ ހޯދައިފަ އެވެ. އެންމެ ނުރައްކާތެރިކޮށް އެޓީމުގެ އިޝްއާފް މުހައްމަދު ފިރާގު ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ހުޝިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސް މޮޅުވި ލަނޑު ޖަހައިދިން ޒައިން ޒަފަރެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ. އޭނާ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ވަނީ ހޮވައިފަ އެވެ. އޭގެ ތެރޭގައި އީގަލްސް އާއި ސަސްގެ ގިނަ ކުޅުންތެރިން ހިމެނޭ އިރު، ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ދެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ މާޒިޔާގެ ކުޅުންތެރިޔެކެވެ.
މިއީ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އިން މުބާރާތުގެ ފައިނަލުގައި ވާދަކުރި ހަތްވަނަ ފަހަރެވެ. އެ ޓީމު ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރުގެ ފައިނަލުގައި ވާދަކުރިއިރު، 2014 ވަނަ އަހަރުން ފެށިގެން ކުޅުނު ހުރިހާ މުބާރާތެއްގެ ފައިނަލުގައި ވެސް އީގަލްސް ވަނީ ކުޅެފަ އެވެ. ނަމަވެސް މި އަހަރުގެ މުބާރާތަކީ ސަސް ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރި ފުރަތަމަ މުބާރާތެވެ.
ސަސް އާއި އީގަލްސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ ހަމަ މި ނަތީޖާއިންނެވެ. އީގަލްސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އީގަލްސް އިން މުބާރާތުގައި ކުޅުނު ހަ މެޗުން 20 ގޯލު ޖެހިއިރު، ބައިކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.
- މުހައްމަދު ސަމާހު މޫސާ ފަތުހީ (އީގަލްސް)
- އިސްމާއިލް ސައިފް (އީގަލްސް)
- ހުމެއިދު ހުސެއިން (އީގަލްސް)
- ވިޝާހު އަބްދުލް މަޖީދު (ސަސް)
- އިޝްއާފް މުހައްމަދު ފިރާގު (ސަސް)
- ޔޫސުފް މީސަމް އަބްދުﷲ (ގޯލްކީޕަރު / ސަސް)
- އަހްނަފް މުހައްމަދު ތަސްނީމް (ޓީސީ ސްޕޯޓްސް)
- އައިހަމް ހަމްދޫން (ޓީސީ ސްޕޯޓްސް)
- މުހައްމަދު ޒައިން ޝުޖާއު (ޔޫވީ)
- އައިހަމް ސައީދު (ޔޫވީ)
- މުހައްމަދު އިޔާން ހަސަން (މާޒިޔާ)
އީގަލްސް އާއި ސަސް އަށް ނިލަންދޫން ހޫނު މަރުހަބާއެއް
އީގަލްސް އާއި ސަސް ވެސް ސެމީ ފައިނަލަށް
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ޔޫތު ޗެމްޕިއަންޝިޕް: ސަސް، ޓީސީގެ ފައިނަލް މާދަމާ ރޭ
މާޒިޔާ ފަހަތުން އަރައި އީގަލްސް ސިއްސުވާލައިފި
ޕެނަލްޓީ ޖަހައިގެން ޔޫވީ ބަލިކޮށް ސަސް ފައިނަލަށް
އީގަލްސްއަށް ފަސޭހަ މޮޅެއް، ސަސްއިން މާޒިޔާ ބަލިކޮށްފި
ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ކާމިޔާބުކުރީ އީގަލްސް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ